ލިވަޕޫލާއި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ކުޅިވަރު

ލިވަޕޫލް ފައިނަލާއި ގާތައް

ދާނިޝް - ޔޫރަޕް | 30 އޭޕުރިލް 2022 , ހޮނިހިރު 10:28   175

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވިޔަރެއާލާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު ލިވަޕޫލުން ކާމިޔާބުކޮށް، ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ނިމުނީ 0-2 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ލިވަޕޫލުން މޮޅު ކުޅުމެއް ދައްކާ މެޗްގެ ބޮޑު ބައި ކޮންޓްރޯލް ކުރި ނަމަވެސް ވިޔަރެއާލްއިންވެސް ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ލިވަޕޫލްގެ ގިނަ ހަމަލާތަކެއް ބޭކާރުކޮށްލާފައެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ވިޔަރެއާލް އިންވަނީ ލިވަޕޫލެއް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލާފައެވެ. މެޗަގެ ފުރަތަމަ ލަނޑު ލިވަޕޫލަށް ކާމިޔާބުވީ މެޗްގެ 53 ވަނަ މިނެޓްގައެވެ. އެއީ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ގޯލް ކުރިމައްޗަށް ހުރަސްކުރަން އުޅުނު ބޯޅައެއް ވިޔަރެއާލްގެ ޕަރވިސް އެސްޓޫޕިނާން ގައިގާ ޖެހި މިސްރާބު ބަދަލުވެގެން ގޮސް ވަން ބައިގޯލެކެވެ. އަދި މެޗްގެ 56 ވަނަ މިނިޓުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ސާޑިއޯ މާނޭ ކާމިޔާބު ކޮށްދިން ލަޑުންނެވެ.

މިދެޓީމު ބައްދަލުކުރާ ދެވަނަ ލެގްގެ މެޗް އޮންނާނީ މިއަންނަ އަންގާރަ ދުވަހުގެ ރޭ ވިޔަރެއާލްގެ ދަނޑުގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.