ބްރިޖް ޕްރޮޖެކްޓް ސާވޭގައި ސޮއިކުރުމުގެ ތެރެއިން، މި މަޝްރޫޢަށް ހިނގާނެ ޖުމްލަ ޚާރަދާއި ވާނެ ފައިދާ ސަރުކާރުން...

ހަބަރު

އައްޑޫގައި އަޅާ ބްރިޖް، 2 ބިލިއަން ޑޮލަރުގެ ބްރިޖްގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 31 މާރޗް 2024 , އާދީއްތަ 13:15 2   944

އައްޑޫގެ ބްރިޖްގެ ފީޒިބިލިޓީ ނިމި ޢަމަލީ މަސައްކަތް ފައްޓަވަން ތައްޔާރުވަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ، އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓް މުޙައްމަދު ޝާހިދު (ޝާޑު) ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބްރިޖް އާއިގުޅޭގޮތުން ސާވޭކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ މިޞްރުގެ ޢަރަބް ކޮންޓްރޭކްޓާސް އާއިއެކުއެވެ. އެކުންފުނިން އަގަކާއި ނުލައި މަސައްކަތާއި ހަވާލުވެފައިވާއިރު، މިހާރު ވަނީ މަސައްކަތް ނިންމާފައިކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ބްރިޖްގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ފައްޓަވާނެކަމަށް ރައީސް ވިދާޅުވެފައި ވީނަމަވެސް، މިހާތަނަށް މި ޕްރޮޖެކްޓަކީ ކިހާ އަގުހުރި އަދި ކިހާ ފައިދާހުރި ޕްރޮޖެކްޓެއްކަން ސަރުކާރުން ވެސް އަދި އަރަބް ކޮންޓްރޭކްޓާސް އިން ވެސް ހާމަކޮށްފައިނުވެއެވެ.

މި ޕްރޮޖެކްޓަށް އިދިކޮޅު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވެއެވެ. އިދިކޮޅު އެމްޑީޕީ އިން ބުނަމުން އަންނަނީ ރައްޔިތުންގެ ނަމުގައި ހިންގާ ބޭކާރު ޕްރޮޖެކްޓެއްކަމަށެވެ. އައްޑޫގައި އެކަހެރިކޮށް އޮންނަ ހުޅުދޫ އާއި މީދޫގައި ދިރިއުޅޭ އާބާދީގައި 3،000 މީހުން ވެސް ހަމަނުވެއެވެ.

ބައެއް ނުރަސްމީ ހިސާބުތައް ދައްކާގޮތުން 15 ކިލޯމީޓަރުގެ މި ބްރިޖް އެޅުމަށް 2 ބިލިއަން ޑޮލަރު ޚަރަދުވާނެއެވެ.

ސަރުކާރުން މިހާތަނަށް ފައްޓަވާފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ. އަދި އެ މަސައްކަތްވަނީ ފައިސާގެ ދަތިތަކާއިއެކު މަޑުޖެހިފައެވެ.

ބޭރުގެ ކުންފުނިތަކާއިއެކު ސަރުކާރުން ހިންގާ މުޢާމަލާތްތަކުގެ ތަފްޞީލްތަކާއިއެކު ކޮންޓްރޭކްޓްތައް ޢާމުނުކުރާ މައްސަލައިގައި ވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަރުކާރު ވެރިކަމަށް އައުމުގެކުރިން ވަނީ، ހުރިހާ ކޮންޓްރޭކްޓެއް ޢާއްމުކުރައްވާނެކަމަށް ވަޢުދުވެފައެވެ.

މިލިޔުމާއިގުޅޭ

އައްޑޫ ބްރިޖް: މިސްރު ކުންފުންޏަކާއިއެކު ފީޒިބިލިޓީ ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސްގެ ރިޔާސީ ބަޔާން: އެންމެ ބޮޑު މަޝްރޫޢަކަށް އައްޑޫ ބްރިޖް އެޅުން

2 ބިލިއަން ޑޮލަރުގެ ހުޅުމީދޫ 15 ކިލޯ މީޓަރު ބްރިޖްގެ ފީޒިބިލީޓީ ހެދުމަށް ޗައިނާ ކުންފުންޏަކަށް

ޓެގްސް: އައްޑޫ ބްރިޖް އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.