ޢީދު ނަމާދު

ދީން

ޢީދް-އަލް-ފިތްރް 1444

ދާނިޝް - ކ. މާލެ | 1 މެއި 2022 , އާދީއްތަ 15:47   342

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާއު މިކިޔަނީ އުފާވެރި ފިތުރު އީދުގެ މުނާސަބަތާ އެކުގަ އެވެ. ފިތުރު އީދުގައި އުފާކުރަނީ ރަމަޟާން މަހުގެ ތެރޭގައި ރޯދަ ހިފުމާއި ފަރުޞު ނަމާދުތަކާއި ތަރާވީހާއި އެ ނޫންވެސް ސުންނަތް ނަމާދުތައް އަދާކުރެވުމާއި ކީރިތި ގުރުއާން ކިޔެވުމާއި ޒިކުރު ކުރުމާއި އެ ނޫން ވެސް އެހެން ހެޔޮކަންކަން ކުރުމުގައި ﷲ ގެ ހަޒްރަތުން ހެޔޮ ތައުފީގު ލިބުނު ކަމަށްޓަކަ އެވެ.

އީދު ފާހަގަ ކުރުމުގައި ސަމާލުކަންދޭން ޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. މި ގޮތުން އީދުގެ މުނާސަބަތުގައި އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ބަރަކާތްލެއްވުން އެދި ދުއާކޮށް އުޅުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ކީރިތިރަސޫލާ ﷺ ގެ އަސްހާބު ބޭކަލުން އީދު ދުވަހު ބައްދަލުވާ ހިނދު އެއްބޭފުޅަކު އަނެއް ބޭފުޅަކަށް "ތަގައްބަލް މިންނާ ވަމިންކަ" ނުވަތަ "ތަގައްބަލަﷲ މިންނާ ވަމިންކަ" މި ފަދައިން ވިދާޅުވެ އެވެ. އޭގެ މާނައަކީ "މާތް ﷲ އަހަރެމެންގެ ކިބައިންނާއި ތިޔަބައިމީހުންގެ ކިބައިން ގަބޫލު ކުރައްވާށި އެވެ." އޭގެ މާނައީ ﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން ކޮށް އުޅޭ ހުރިހާ ކަމެއް ވެސް ގަބޫލު ކުރައްވާށި އެވެ.

އީދުގެ މުނާސަބަތަކީ ގާތްތިމާގެ މީހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. އަދި އެއްވެސް ކަހަލަ ހީނަރުކަމެއް އެ ގުޅުމަށް އައިސްފައިވާ ނަމަ އެކަން ހަނދާން ނައްތާލައި އެކަކު އަނެކަކަށް މާފުކޮށް، އެ ގުޅުން ބަދަހިކުރުމަށްވެސް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. މި ގޮތުން ތިމާގެ މީހުންގެ ގޭގެ އަށް ޒިޔާރަތްކޮށް، އެ ގޭގެއިން ކައިބޮއެ ހަދައި އެ ގޭގެ އަށް ކާބޯތަކެތި ފޮނުވައި،އެންމެން އެއްވެގެން ކައްކުންފަދަ ކަންކަމުން އާއިލީ ގުޅުން ބަދަހިވެގެންދެއެވެ.

އީދަކީ އުފާކުރުމުގެ މުނާސަބަތެއް ކަމުން އީދު ކުޅިވަރު ތަކާއި ނުލައި އީދު އީދަކަށް ނުވާނެ ކަމީ ޔަގީންކަމެކެވެ. ކުޅިވަރު ތަކުގައި ބައިވެރިވިޔަސް ﷲ އަށް އަދާކުރަންޖެހޭ ވާޖިބުތަކާއި ތިމާގެ އަމިއްލަ ނަފްސަށް އަދި ތިމާގެ އާއިލާގެ މީހުންނާއި އަވަށްޓެރިންނާއި މުސްލިމް އެންމެހާ އަހުންނަށް އަދާކުރަންޖެހޭ ހައްގުތަކަށް ރައްކާތެރިވާން ޖެހޭނެ އެވެ. ނަމާދާއި އެ ނޫން ވާޖިބު އަޅުކަމެއް ދޫކޮށްލެވިގެން ނުވާނެ އެވެ.

މި ފާހަގަ ކުރެވުނު ކަންކަން ހަދާނުގައި ބަހައްޓާގެން ޢީދުގެ މުނާސަބާ ފާހަގަ ކުރުމަކީ މުހިންމު ކަމެކެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.