ވިޔަރެއާލާއި ލިވަޕޫލު ބައްދަލުކުރި ދެވަނަ ލެގްގެ މެޗުގެ ތެރެއިން

ކުޅިވަރު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިވަޕޫލް ހޯދައިފި

ދާނިޝް - ޔޫރަޕް | 5 މެއި 2022 , ބުރާސްފަތި 11:44   215

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށް ލިވަޕޫލް އިން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ސެމީ ފައިނަލްގައި ވިޔަރެއާލާ ބައްދަލުކޮށް ކުޅުނު ދެ މެޗް 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި ދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ލިވަޕޫލްގެ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކުރިއިރު، ވިޔަރެއާލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގްގެ މެޗް ލިވަޕޫލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ލެގްގެ މެޗްގައި ދެ ޓީމްގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދ ވިޔަރެއާލްގެ ފަރާތުން ފުރަތަމަ ލެގްގެ މެޗުގައި ފެނިގެންދިޔަ ޑިފެންސިވް ކުޅުމަށްފަހު މިމެޗްގައި އެޓީމުން ދެއްކި އެޓޭކިންގ ގޭމްގެ ސަބަބުން ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދޔައެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ވިޔަރެއާލްއިން ފެނިގެންދިޔައީ ހަމަލާއަށް އިސްކަންދީގެން ކުޅުނު ތަނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ ތިންވަނަ މިނެޓްގައި އެ ޓީމުން މެޗްގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ބޮއުލާޔޭ ޑިއާއެވެ. އަދި ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނީކޮށް ފްރެންސިސް ކޮކުއަލިން ވަނީ މިމެޗްގައި ވިޔަރެއާލްއަށް ލީޑު ފުޅާވެ އެގްރިގޭޓް ނަތީޖާ ހަމަހަމަވެގެން ދިޔައެވެ.

ދެވަނަ ހާފަށް ނިކުންއިރު ލިވަޕޫލްގެ ކުޅުން ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔައެވެ. އެގޮތުން މެޗްގެ 62 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާ އެގްރިގޭޓް ނަތީޖާއިން އަނެއްކާވެސް ކުރިހޯދިއެވެ. އަދި މިލަނޑު ޖެހިތާ ފަސް މިނެޓްފަހުން ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެން އެރި ލުއިސް ޑިއޭޒްވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓް ނަތިޖާގައި ދެލަނޑުގެ ލީޑެއް ނަގާދީފައެވެ.

މިމެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ ސާޑިއޯ މާނޭއެވެ. މި މެޗުގައި ވިޔަރެއާލްގެ ކުޅުމަށް އެންމެ ބޮޑު ހީނަރުކަމެއް އައީ އެ ޓީމްގެ ދެލަނޑު ޖެހުމުގައިވެސް އެހީތެރިވެދިން ކަޕޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

މިމުބާރާތުގެ ފައިނަލްގައި ލިވަޕޫލާއި ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑްގެ މެދުގައި މިރޭ ކުޅޭ ސެމީފައިނަލް މެޗަށްފަހުއެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް 4-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ސިޓީއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.