އޮލެންޒާ ޒެލެންސްކީ (ވ) ޖިލް ބައިޑަން އާއިކު، ޔޫކްރެއިންގެ ސްކޫލެއްގެ ތެރޭގައި

ދުނިޔެ

ސަޕްރައިޒް ދަތުރެއްގައި އެމެރިކާގެ ފަސްޓްލޭޑީ ޖިލް ބައިޑަން ޔޫކްރެއިންނަށް ވަޑައިގެންފި

އަލީ އަޒްޔަން - އެމެރިކާ | 9 މެއި 2022 , ހޯމަ 09:57   225

އެމެރިކާއިން ރަޝިޔާއާއި ދެކޮޅަށް އާފިޔަވަޅުތަކެއް އިޢްލާން ކުރުމަށްފަހު، އެޤައުމުގެ ފަސްޓްލެޑީ ޖިލް ބައިޑަން (ރައީސް ޖޯ ބައިޑެންގެ އަނބިކަނބަލުން) ޔޫކްރެއިންނަށް ވަޑައިގެންފިއެވެ.

ޖިލްގެ މިދަތުރުގައި ޔޫކްރެއިންގެ ފަސްޓްލޭޑީ އޮލެންޒާ ޒެލެންސްކީ (ޒެލެންސްކީގެ އަނބިކަނބަލުން) އާއި ބައްދަލުކުރައްވައި ބައެއް ތަންތަނަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. ދެބޭފުޅުން ވަނީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އުޒްހޮރޯޑް އަށް ވަޑައިގެން އެތަނުގެ ސްކޫލަކަށް ޒިޔާރަތް ކުރައްވާފައެވެ. އެ ސްކޫލަކީ މިހާރު ވަގުތީގޮތުން ހަނގުރާމައިގައި ޙާލުގައި ޖެހޭމީހުންނަށް ބޯހިޔަލަކަށް ބޭނުންކުރަމުންދާ ތަނެކެވެ.

"މިއީ ޖިލް ކުރެއްވި ހިތް ވަރުގަދަ ދަތުރެއް" އޮލެންޒާ ޒެލެންސްކީ ބުނެފައިވެއެވެ. އެއާއި އެކު ޖިލް ބުނެފައިވަނީ، "އަހަރުމެން ބޭނުންވީ އެމެރިކާގެ ރައްޔިތުން ތިބީ ޔޫކްރެއިންގެ ރައްޔިތުންނާއި އެކު ކަން ޔަޤީންކޮށްދިނުން" ކަަމަށެވެ.

ވީޑިއޯ : ދެޤައުމުގެ ފަސްޓްލޭޑީން ބައްދަލުކުރާ މަންޒަރު (ސީއެންއެން)

ބީބީސީ ބުނާގޮތުން މިއީ، ރަޝިއާއިން ޔޫކްރެއިން އަށް އެރިފަހުން، ފިއްލަވައިގެން އުޅުއްވުމަށްފަހު ޔޫކްރެއިންގެ ރައީސް ވްލާމީރް ޒެލެންސްކީގެ އަނބިކަނބަލުން އޮލެންޒާ އާއްމުކޮށް ފެނިލި ފުރަތަމަ ފަހަރެވެ.

ހުޅަނގުގެ އެންމެ ބާރުގަދަ 7 ޤައުމުކަމަށްވާ ޖީ7 ގެ ޤައުމުތަކުން ވަނީ ރަޝިއާ ތެޔޮ ބޭނުންކުރުން ހުއްޓާާނެގޮތުގެ ޕްލޭނެއް އެކުލަވާލައި ތާވަލެއް ހަދަން ފަށާފައެވެ.

ޔޫރަޕްގެ އިއްތިހާދުން ވެސް ވަނީ އިތުރަށް އަޅާނެ ފިޔަވަޅުތަކެއް ކަނޑައަޅާފައެވެ. ނަމަވެސް އެކަންކަން ޢާއްމުކޮށްފައި ނުވެއެވެ. ޔޫރަޕަށް ބޭނުންވާ ގޭހުން 40 ޕަސެންޓް ފޯރުކޮށްދެމުން އަންނަނީ ސީދާ ރަޝިއާ އިންނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.