މަންމަ އަކާއި ބައްޕައަކު ދަރިފުޅަށް ކާންދެނީ

ދީން

ގަދަކަމުން ބިރު ދައްކައިގެން ދީނުގެ ކަންކަން ކުރުވުމަކީ ދަރިން ދީނާއި ދުރުވާ ކަމެއް : ޚުތުބާ

އަލީ އަޒްޔަން - ކ. މާލެ | 13 މެއި 2022 , ހުކުރު 13:33   838

ދަރިންނަކީ އަމާނާތެއް ކަމާއި އަދި ދަރިންނަކީ ބޮޑުވެގެންވާ ނިޢުމަތެެއް ކަމަށް ހުކުރު ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ. އެކުދިންގެ ސަބަބުން މައިންބަފައިންގެ ލޮލަށް ފިނިކަން ލިބެއެވެ. ކުރިމަގު އުޖާލާ ވެއެވެ. ޙަޔާތް ބާއްޖަވެރިވެއެވެ.

ފުރުޤާން ސޫރަތުގެ 74 ވަނަ އާޔަތުގައި ހަނދާންކޮށްދެއްވާފައިވެއެވެ. رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَيۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ إِنَّكَ أَنتَ ٱلۡوَهَّابُ މާނައީ އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ.އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާޏދޭވެ.

ދަރިންގެ ކިބައިން މައިންބަފައިންގެ މައްޗަށް ވާހައްޤުތަކުގެ ތެރޭގައި ބަލިތަކުން ޙިމާޔަތް ކުރުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ދަރިން ބޮޑުކުރުން ހިމެނެއެވެ. އެހެންކަމުން ދަރިންގެ ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި ވެކްސިންދިނުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ދަރިން ނަރަކައިން ސަލާމަތް ކުރުމަށްޓަކައި މައިންބަފައިން ދަރިން ނަމާދާއި ދުރުކުރުވާ ކަންކަމަށް ސާމާލުވާންޖެހެއެވެ. ފޯނާއި ކޮމްޕިއުޓަރު ފަދަތަކެތި ބޭނުންކޮށްގެން ޙަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަންނަމުން ދެއެވެ. މައިންބަފައިންނަށް އެނގުމެއްނެތި ދަރިން ޙަޔާތުގެ ބައިވެރިން ހޯދުމުގެ މަސައްކަތް ފަށައެވެ. މިކަމުގެ ޙައްލަކީ ދަރިންނަށް އީމާންކަމުގެ ތަރުބިއްޔަތު ދިނުމެވެ.

ދަރިންލައްވައި ގަދަކަމުން ދީނުގެކަންކަން ކުރުވުމަކީ ދަރިން ދީނަން ނަފްރަތުކޮށް ދީނާއިދުރުވާ ކަމެކެވެ. އިސްލާމްދީން ގޮވާލަނީ އޯގާތެރިކަމާއި، ލޯތްބާއި ކުލުނާއިއެކު ދަރިންނަށް ތަރުބިއްޔަތު ދިނުމަށެވެ.

ރިވެތި ނަމޫނާ ދަރިންނަށް ދައްކަން ޖެހޭކަމަށް ޚުތުބާގައިވެއެވެ. މައިންބަފައިން ދަރިން ކުރިމަތީގައި ޒުވާބުކޮށް އެކަކު އަނެކަކަށް އަނިޔާވެރިވާނަމަ ކުއްޖާގެ ހިތުގައި ބިރުވެރިކަމެއް އުފެދި ނޭދެވޭ އަސަރުކުރާނެއެވެ.

ދަރިން ކިޔެވުމަށް ބާރު އެޅުމަށްފަހު، މައިންބަފައިން ދަރިން ބޭނުންވާހާ އެއްޗެހި ހޯދާދީ ލަގަން ދަރިންގެ އަތަށް ދޫކޮށްލާ ފަހަރު އާދެއެވެ. އީމާންކަމާއި އަޚްލާޤީ ތަރުބިއްޔަތު ދިނުމަށް ސަމާލުކަން ނުބަހައްޓައެވެ. ޝުކުރުވެރިވާން ދަސްކޮށް ނުދެއެވެ.

ދަރިންނަށް އުނގަންނައި ދޭންޖެހޭ ކަންކަމުގެ ތެރޭގައި ޤަޝާޤަދަރަށް އީމާންވާން ދަސްކޮށްދޭން ޖެހެއެވެ. ތެދުބަސް ބުނުވައި އެކަމަށް ތަމްރީން ދޭންޖެހެއެވެ.

ދަރިންނަކީ ބަގީޗާއެއް ފަދަބައެއްކަން ސިފަކުރައްވައި އެކުދިންނަށް އަޅާލައި ފަސާދައިން ސަލާމަތްކުރުމަށް ގޮވާލާފައިވެއެވެ. އެބަގީޗާށް ފެންދީ ކާދުއަޅައި، ކޫޑި ފިލުވަންޖެހެއެވެ.

ރަސޫލުއްﷲގެ ފާނުގެ ޙަދީޘްފުޅެއްގައިވެއެވެ. "ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. ފަހެ އެކުއްޖާ ޔަހޫދީކުރަނީ، ނުވަތަ ނަޞްރާނީކުރަނީ ނުވަތަ މަޖޫސީކުރަނީ، އޭނާގެ މައިންބަފައިންނެވެ."

ދަރިން ސަލާމަތްކޮށް ރައްކާތެރިކުރުމަށް މައިންބަފައިންނާއި، މުޖުތަމަޢު އާއި ކަމާއިބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.