ފަށާމެޗާއި ފަހުމެޗް ކުޅުމަށް ތައްޔާރުކުރި 80 ހާސް މީހުންގެ "ލުސެއިލް" ސްޓޭޑިއަމް

ކުޅިވަރު

ވޯލްޑްކަޕަށް އޮތް ޑިމާންޑްބޮޑުވެ، ބަލަން ބޭނުންވާ 21 މިލިއަނަށްވުރެ ގިނަމީހުން ޓިކެޓް ނުލިބިފައި

އަލީ އަޒްޔަން - ދުނިޔެ | 16 މެއި 2022 , ހޯމަ 09:31   299

ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ޓިކެޓް ވިއްކުމަށްޓަކައި ޖެނުއަރީ މަސްތެރޭގައި ހުޅުވާލި ފުރަތަމަ ބުރުގައި އެހާބޮޑު ތަރުހީބެއް ނެތްކަމަށް ބެލެވުނަސް މިހާރު އެމަންޒަރުވެ ބަދަލުވެއްޖެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގަތަރަށް ގޮސް މެޗްތައް ބަލަން ބޭނުންވާ މީހުން ވަރަށް ބޮޑުތަން އިތުރުވެއްޖެއެވެ.

ފިފާ އިން ބުނެފައިވަނީ ކުޅޭޓީމްތަކުގެ މެދު ނެގުނު ގުރުއަތަށް ފަހު ގްރޫޕް ސްޓޭޖްގައި ކުޅޭނެ ޓީމްތައް މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. ޑިމާންޑު ބޮޑުވުމުގެ ސަބަބަކަށް ބެލެވިދާނެ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ނޮވެމްބަރު 21 ގައި ފެށޭ ދުނިޔޭގެ ފުޓުބޯޅަ މުބާރާތް ބަލާލަން އެދިފައިވާ މީހުންގެ ޢަދަދު މިހާރު 21 މިލިއަނަށް ވުރެވެސް މަތިވެފައިވާކަމަށެވެ.

އިންގްލޭންޑާއި އާޖެންޓީނާ ބައްދަލުކުރާ މެޗަށް އެކަނިވެސް 1.4 މިލިއަން މީހުން އެދިފައި ވެއެވެ.

ގިނަ ރިކުއެސްޓް އަންނަމުން ދަނީ ފުޓުބޯޅައިގެ މައި ތަނބުތައް ކަމަށް ލެޓިން އެމެރިކާގެ ގައުމުތައް ކަމަށްވާ ބްރެޒިލް އާޖެންޓީނާ، މެކްސިކޯ، އިންގެލޭންޑް ފަދަ ޤައުމުތަކުންނެވެ. މީގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގެ އެހެން ޤައުމުތަކުން، އަދި އޭޝިއާގެ ޤައުމުތަކުން ވެސް މީހުން އަންނަން ބޭނުންވެއެވެ.

މޭއި މަހުގެ 31 އިންފެށިގެން ޓިކެޓަށް އެދިފައިވާ ފަރާތްތަކަށް ޓިކެޓް ދޫކުރަމުންދާނެއެވެ.

ޓިކެޓް ވިއްކުމުގެ ފުރަތަމަ ބުރުގައި 800،000 ޓިކެޓް ވިއްކާފައިވާއިރު، އާއްމުކޮށް ވިއްކަން ފީފާއިން ނިންމާފައިވަނީ ޖުމްލަ ދެ މިލިއަން ޓިކެޓެވެ. ޤަތަރުން ބުނާގޮތުގައި މިފަހަރުގެ ވޯލްޑް ބަލާލަން ގައުމުން ބޭރުން 1.5 މިލިއަން މީހުން ޒިޔާރަތް ކުރާނެއެވެ.

މިއީ މިހާތަނަށް ވޯލްކަޕެއްގައި ޓިކެޓްތަކުގެ އަގުވެސް އެންމެ ބޮޑު ފަހަރެވެ. ޢާއްމުގޮތެއްގައި ޓިކެޓް އަގުތައް ހުރީ 300 ޑޮލަރާއި 1000 ޑޮލަރާއި ދެމެދުގައެވެ. 2018 ގެ ވޯލްޑްކަޕަށް ވުރެ މިފަހަރު އަގުތައް 40 ޕަސެންޓަށް ވުރެވެސް ބޮޑެވެ.

ޢާއްމުކޮށް ވިއްކާ ޓިކެޓްތައް ވިއްކާނީ ކުރިންއަންނަ-ބަޔަކަށް-ކުރިން އޮންނަ އުސޫލުންނެވެ.

ޓެގްސް: ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.