އެޕަލް ޓީވީގެ ޑިވައިސެއް

ޓެކްނޯލޮޖީ

އެޕަލްގެ ޓީވީގެ އާ މޮޑެލް- ކުރީގެ މޮޑެލްތަކަށްވުރެ އަގުހެޔޮވާނެ

ދާނިޝް - އެމެރިކާ | 22 މެއި 2022 , އާދީއްތަ 22:50   179

އެޕަލް ޓީވީގެ އާ މޮޑެލްއެއް އުފެއްދުމުގެ މަސައްކަތް އެޕަލް އިން ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފިއެވެ. އަދި މި މޮޑެލް ވާނީ އެޕަލްގެ އެހެން މޮޑެލްތަކާއި ޙިލާފަށް އަގުހެޔޮ މޮޑެލައަކަށް ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެޕަލް ކުންފުނިން މިފަދަ ވާހަކައެއް އަދި ރަސްމީ ސިފައެއްގައި އިއުލާނު ކޮށްފައެއް ނުވެއެވެ. ނަމަވެސް އެޕަލްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު އާންމުންނާ ހަމަ އަށް ތިލަކޮށްދޭ މަޝްހޫރު އެނަލިސްޓް، މިން ޝީ ކުއޯ ބުނެފައިވަނީ މި އަހަރު ފަހުކޮޅު އެންމެ އަގުހެޔޮ ރޯކޫ އާއި އެމެޒަންގެ ޓީވީ ޑިވައިސްތަކާ ވާދަކުރެވޭ ވަރުގެ އެޕަލް ޓީވީގެ މޮޑެލްއެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެޕަލް އިން މިހާރު ވިއްކަނީ ފޯކޭ އެޕަލް ޓީވީގެ 32ޖީބީ، 179 ޑޮލަރަށާއި 64ޖީބީ، 199 ޑޮލަރަށާއި އެޕަލް ޓީވީ އެޗްޑީ 149 ޑޮލަރަށެވެ. ފޯކޭ މޮޑެލްގެ ތިން ޖެނެރޭޝަނެއް ނެރެފައިވާއިރު، އޭގެ އަގުތައް އުޅެނީ 149 ޑޮލަރާއި 299 ޑޮލަރާ ދެމެދުގަ އެވެ.

ފޯކޭއެޕަލްޓީވީއަށް ޓެކުންގެ މެދުގައްޔާއި ޢާންމުންގެ ތައުރީފުވަރަށްބޮޑަށް ލިބިގެން ދިޔައެވެ. އެމޮޑެލްއަކީހޯމްތިއޭޓާސްޓޭންޑާޑަށާއިފޯމެޓަށްވެސްވަރަށްބޮޑަށްފެތޭޑިވައިސެކެވެ..

ޓެގްސް: އެޕަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.