ޕްލޭސްޓޯއިން އަޕްޑޭޓް ނުކުރާ އެޕްތައް ފޮހެލަނީ

ޓެކްނޯލޮޖީ

ގޫގުލްއިން ފާއިތުވި ދެ އަހަރުތެރޭގައި އަޕްޑޭޓް ނުކުރާ އެޕްތައް ފޮހެލަނީ

ދާނިޝް - އެމެރިކާ | 22 މެއި 2022 , އާދީއްތަ 14:25   400

ޕްލޭ ސްޓޯރުން ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި އަޕްޑޭޓްކުކޮށް ދޫކޮށްލާފައިވާ 900،000 ވަރަކަށް އެޕް އަވަސް މުއްދަތެއްގެ ތެރޭގައި ފޮހެލާނެ ކަމަށް ގޫގުލް އިން ބުނެފިއެވެ.

ގޫގުލްއިން މިނިންމުން ތަންފީޒުކޮށްފިނަމަ މިހާރު ޕްލޭސްޓޯރުން ލިބެން ހުރި އެޕްތަކުގެ އަދަދު ތިންބައިކުޅަ އެއްބައި މަދުވެގެންދާނެކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

ގޫގުލް އާއި އެޕަލް އިން ވެސް ވަނީ ދެ އަހަރު ތެރޭގައި އަޕްޑޭޓް ނުކުރެވި ދޫކޮށްލާފައިވާ އެޕް ނުވަތަ އެޕްތަކާ ކުރިމަތިލާން ޖެހޭނެ ފިޔަވަޅުތައް ރަސްމީކޮށޤ އިއުލާނުކޮށްފައެވެ. ގޫގުލްގެ ޕްލޭ ސްޓޯރުގައި އެފަދަ 869،000 އެޕް ހިމެނޭއިރު އެޕަލް ސްޓޯރުގައި ގާތްގަނޑަކަށް 650،000 އެޕް އެބަހުއްޓެވެ.

މި ނިންމުމާއި ގުޅިގެން ބައެއް ޑިވެލޮޕަރުން ވަނީ ނުރުހުން ފައުޅުކޮށްފައެވެ. ނަމަވެސް އެޕަލް އަދި ގޫގުލްއިންވެސް މި ނިންމުމަށް ބަދަލެއް ގެންނާނެ ކަމަށް ނުބެލެވޭކަމަށް އެނަލިސްޓުން ބުނެއެވެ.

މި ފިޔަވަޅުތައް އަޅުމުގެ ސަބަބަކީ ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ދެ ކުނފުނިންވެސް ވަނީ ހާމަކޮށްފައެވެ. އެންޑްރޮއިޑް އަދި އައިއޯއެސް އަށް އަންނަ ބަދަލުތަކާއި، އާ އެޕްތަކާއި، ނުވަތަ ރައްކާތެރިކަން އިތުރުކޮށްދޭ އާ ޑިވެލޮޕްމަންޓް މެތޮޑްތަކުގެ ފައިދާ ދުވަސްވީ އެޕްތަކުން ނުނެގުމުގެ ނަތީޖާއަކީ އާ އެޕްތަކުގައި ނެތް ސެކިއުރިޓީ ފްލޯތައް ދުވަސްވީ އެޕް ތަކުގައި ހުރުމުގެ ފުރުސަތު ބޮޑުވެގެންދިއުމެވެ.

ގިނަ ދުވަސްތަކެއްވަންދެން އަޕްޑޭޓް ނުކޮށްހުރި ގިނަ ދިވެހި އެޕްލިކޭޝަންތައްވެސް ހުރިކަން ވަނީ ފާހަގަކޮށްލެވެއެވެ.

ޓެގްސް: ގޫގްލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.