ޓައިވާނުގައި ތިބިކަމަށް ބުނާ އެމެރިކާ ސިފައިން

ދުނިޔެ

އެމެރިކާ ސިފައިން ޓައިވާނުގައި، ޗައިނާއިން އަރައިފިނަމަ ރައްދުދޭނަން - ބައިޑަން

އަލީ އަޒްޔަން - އޭޝިއާ | 24 މެއި 2022 , އަންގާރަ 15:09   498

ބުރާސްފަތި ދުވަހު ޓައިވާންގެ ރައީސް ސައި-އިންގ-ވެން ސީއެންއެންއަށް އިންޓަވިއުދެއްވަމުން ވިދާޅުވެފައިވަނީ އެމެރިކާ ސިފައިން އެޤައުމުގައި އެބަތިބިކަމަށާއި، ޗައިނާއިން ޙަމަލަ ދީފިނަމަ އެމެރިކާ ސިފައިން ޓައިވާނުގެ ދިފާޢުގައި ނިކުންނަވާނެކަން ޔަޤީންކުރައްވާކަމަށެވެ.

ޓައިވާނަކީ ދެކުނު-އިރުމަތީގައި، ޗައިނާ ކަނޑުގައި، 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަޒީރާ ޤައުމެކެވެ.

އަހަންނަށް ވަރަށް ޔަޤީން. އެމެރިކާ އާއިއެކު ދިގު މުއްދަތަކަށް ދަމަހައްޓަމުން މިއައި ގުޅުން ރަމްޒުކޮށްދެނީ އެމެރިކާ އާއި އެމެރިކާގެ ރައްޔިތުން، އަދި ކޮންގްރެސް އޮންނާނީ އަހަރުމެންނާއި އެކު ކަމަށް.

~ ޓައިވާނުގެ ރައީ ސައި

މިއީ ޒަމާންތަކަކަށް ފަހު އެމެރިކާ ސިފައިން އެޤައުމުގައި ތިބިކަމަށް އެޤައުމުގެ ރައީސަކު އެއްބަސްވި ފުރަތަމަ ފަހަރެވެ.

ހަމަ މިއާއި އެކު އެމެރިކާގެ ރައީސް ޖޯ-ބައިޑެން ވެސް ވަނީ މިކަމަށް އިޤްރާރުވެ އެއްބަސްވެފައެވެ. ނަމަވެސް އެހެން ބުނިތާ ކުޑައިރުކޮށްޅެއް ފަހުން ވައިޓްހައުސްއިން ބުނެފައިވަނީ، ޓައިވާނުން އެމީހުންގެ އަމިއްލަ ސަރުކާރެއް ގެންގުޅުމަށް ކުރާ ތާޢީދުގެ ސިޔާސަތަށް ބަދަލެއް ނާންނަކަމަށެވެ.

ޖަޕާނުން ވެސް ވަނީ ޗައިނާއިން ދެކުނު ޗައިނާގައި މިލިޓަރީ ތަމްރީނުތަކުގެ ނަމުގައި ބިރުދައްކަމުންދާކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

ބައިޑަންގެ ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު، "ޔޫކްރޭން ހަނގުރާމަ ގަސްތުގައި ނުގޮސް، ހަމަ ޓައިވާން ހަނގުރާމައަށް ގޮސްދާނަންތޯ" އެހުމުން، ދީފައިވާ ޖަވާބުގައި ބުނެފައިވަނީ "އާނއެކެވެ. އެއީ އެކަންކުރާނެ ކަންކަމަށް ޓައިވާން ގާއތުގައި އަހަރުމެން ޔަޤީންކަން ދިންގޮތެވެ".

ޓެގްސް: ޓައިވާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.