އެކޮޅުން ރަޝިއާ އަކީ ދުނިޔޭގެ އެންމެ ގިނައިން ތެޔޮ ބޭރުކުރާ ޤައުމެވެ. އަނެއްކޮޅުން ޔޫކްރޭނަކީ ދުނިޔޭގެ އެންމެ ފާރޓައިލް [ދަނޑުވެރިކަމަށް އެކަށޭނަ] ބިމުގެ 25 އިންސައްތަ ހިއްސާކުރާ ގައުމެވެ.
މިދެގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައަށް ހުއްޓުމެއް ނެތެވެ. ހަނގުރާމަ ހުއްޓުވުމަށް ޕްރެޝަރުކުރުމުގެ ގޮތުން އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދުން އަންނަނީ ރަޝިއާ އާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ޔޫރަޕުން ރަޝިއާ އާއި ދެކޮޅަށް ނެރުނު 6 ވަނަ ދަތިކުރުކުރުމުގެ ފިޔަވަޅާއި އެކު މުޅި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން ބޮޑުވެއްޖެއެވެ. ރަޝީއާ އިން ޔޫރަޕަށް ބޭނުންވާ ތެލުގެ 36 އިންސައްތަ ހިއްސާކުރެއެވެ.
އ.ދ. ގެ ކާބޯތަކެއްޗާއި ގުޅޭ އިދާރާއިން ބުނެފައިވަނީ އޭޝިއާ އާއި އެފްރިކާގެ ގިނަ ޤައުމުތަކަކުން އައީ ޔޫކްރޭނުގެ ގޮދަންފުށަށް ބަރޯސާވަމުންނެވެ. މިގައުމުތަކުގެ ތެރޭގައި މިޞްރު، އިންޑޮނޭޝިއާ، ބަންލާދޭޝް، ތުރުކީ، ޓިއުނީސިއާ، ލުބްނާން، ގެ އިތުރުން އެފްރިކާގެ ގިނަ ގައުމުތައް ހިމެނެއެވެ. ދުނިޔޭގެ އެންމެ ގިނައިން ސަންފްލާވަރ ކައްކާތެޔޮ ބޭރު ކުރާ ގައުމަކީ ވެސް ޔޫކްރޭނެވެ. އެލިސްޓުގެ ދެވަނައިގައި އޮތީ ރަޝިއާއެވެ. 2019 ވަނަ އަހަރު ޔޫކްރޭނުން 3.8 ބިލިއަން ޑޮލަރުގެ ކައްކާ ތެޔޮ ބޭރު ކުރިއިރު ރަޝިއާއިން 1.7 ބިލިއަން ޑޮލަރުގެ ތެޔޮ ބޭރުކޮށްފައިވެއެވެ. ތިންވަނައިގައި އޮތެ ނެދަލޭންޑުން ބޭރުކުރީ 388 މިލިއަން ޑޮލަރުގެ ތެލެވެ.
ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި ވެސް މިދެގައުމު ބޮޑު ރޯލެއް އަދާކުރެއެވެ. ގަސްކާނާގެ އަގުވުމަކީ އެހެން ހުރިހާ ބާވަތެއްގެ ކާބޯތެކީގެ އަގަށް އަސަރުކުރާކަމެކެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތި ލިބެންހުރި މިންވަރު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. އެއާއިއެކު އަގުތައް ވަނީ އިންތިހާއަށް އުފުލެން ފަށާފައެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، މުދާއުފުލުމުގައި މެދުކެނޑުން ހުއްޓުމަކަށް ނައުންވެސް ތެކެތީގެ އަފުލުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އެފްރިކާގެ ގިނަ ގައުމުތަކުގައި ކާބޯތަކެތީގެ އަގު 45 އިންސައްތައަށް ވުރެވެސް ބޮޑަށް އުފުލިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.