ބީޓީއެސްއިން ވައިޓްހައުސް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މުނިފޫހިފިލުވުން

ކޭޕޮޕް ކިންގ، ބީޓީއެސް ވައިޓްހައުސްއަށް ޒިޔާރަތްކޮށްފި

ދާނިޝް - އެމެރިކާ | 2 ޖޫން 2022 , ބުރާސްފަތި 21:37   250

ކޭޕޮޕް ގްރޫޕްތަކުގެ ތެރެއިންވެސް އެންމެ މަގުބޫލު އަދި އެންމެ ބޮޑު ގްރޫޕް ކަމަށްވާ ބީޓީއެސް، އެމެރިކާގެ ވައިޓްހައުސްއަށް ޒިޔާރާތްކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި ބްއްދަލުކޮށްފިއެވެ.

ބީޓީއެސްއިން ވައިޓްހައުސްއަށް ޒިޔާރާތްކުރީ އޭޝިއަން އެމެރިކަން އެންޑް ނޭޓިވް ހަވާއިއަން ޕެސިފިކް އައިލެންޑާ ހެރިޓޭޖް މަހާއި ގުޅިގެންނެވެ. އެއީ އޭޝިއާ ދަރިކޮޅުގެ އެމެރިކާ މީހުންނަށް ކުރިމަތިވާ އެކި އެކި ގޮންޖެހުންތަކާއި ނުރައްކާތަކާއި އަނިޔާތަކަށް ހޭލުންތެރިކުރުމުގެ ގޮތުންނެވެ.

މި ޒިޔާރަތުގައި ބީޓީއެސްއިން ވަނީ ރައީސް ޖޯ ބައިޑެންއާއި ބައްދަލުކޮށް އޭޝިއާ ނަސްލުގެ މީހުންނަށް ހުރި ގޮންޖެހުންތްކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

ވައިޓްހައުސްގައި ބީޓިއެސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުން ވަނީ ނަސްލީތަފާތު ކުރުންތަކާއި އަނިޔާތައް ހުއްޓާލަން ގޮވާފައެވެ.

ޓެގްސް: މިއުޒިކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.