މެޗުގެ ތެރެއިން

ކުޅިވަރު

ފަހަތުން އަރައި ޑެންމާކަށް މޮޅެއް

ދާނިޝް - ޔޫރަޕް | 4 ޖޫން 2022 , ހޮނިހިރު 16:09   293

ޔުއެފާ ނޭޝަންސް ލީގުގެ މިހާރުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ޑެންމާކުން ކާމިޔާބުކޮށްފިއެވެ.

ޑެންމާކުން މި މެޗް ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ޕެރިހުގެ ސްޓާޑޭ ޑި ފްރާންސްގައި ކުޅުނު މި މެޗްގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުވެއެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މެޗުގެ 51 ވަނަ މިނިޓުގައި ފްރާންސުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒީމާއެވެ. ނަމަވެސް ޑެންމާކުން ވަނީ މެޗުގެ 68 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޑެންމާކުން މެޗުގައި ކާމިޔާބުކުރި ދެލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، އެންޑްރިއާސް ކޯނޭލިއަސްއެވެ. މި މެޗުން ޑެންމާކް މޮޅުވި ލަނޑު އޭނާ ކާމިޔާބުކުރީ މެޗު ނިމެން 2 މިނިޓަށް ވެފައި ވަނިކޮށެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް އެކެއްގައި ޑެންމާކުން ފްރާންސް ބަލިކޮށްފައި ވާއިރު މި ގްރޫޕްގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ އޮސްޓްރިއާއިންނެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.