އޮސްޓްރޭލިއާ އާއި ޔޫއޭއީ ބައްދަލުކުރި މެޗުގެ ތެރެއިން

ކުޅިވަރު

އޮސްޓްރޭލިއާ އިންޓަކޮންޓިނެންޓަލް ޕްލޭއޮފް އިން ޖާގަ ހޯދައިފި

ދާނިޝް - ދުނިޔެ | 8 ޖޫން 2022 , ބުދަ 23:32   192

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ސަރަހައްދުގެ ޕްލޭއޮފްގައި އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގައި ޕެރޫއާ ބައްދަލުކުރާ ޓީމަކަށް އޮސްޓްރޭލިއާ ހަމަޖެހިއްޖެއެވެ.

އޮސްޓްރޭލިއާއިން މި ހިސާބަށް ދަރުރުކުރީ އޭޝިއާ ސަރަހައްދުގެ ޕްލޭއޮފްގައި ޔޫއޭއީއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއއެވެ.

މެޗްގެ 53 ވަނަ މިނެޓްގައި އޮސްޓްރޭލިއާގެ ކުޅުންތެރިޔާ ޖެކްސަން އަރވިން ޖަހައިދިން ލަނޑުން އޮސްޓްރޭލިއާއިން މެޗުގެ ލީޑު ނެގިއެވެ. ނަމަވެސް މެޗުގެ 57 ވަނަ މިނިޓުގައި ކައިއޯ ކަނޭޑޯ ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ވެގެން ދިޔައެވެ.

މިމެޗުން އޮސްޓްރޭލިއާ މޮޅުވިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 84 ވަނަ މިނެޓްގައި އައިޑިން ރުސްޓިކްއެވެ. މިކާމިޔާބީއާއެކު އޮސްޓްރޭލިއާ އިން ދެން ކުޅޭނީ ދެކުނުއެމެރިކާ ސަރަހައްދުގެ ކޮލިފައިންއިން ފަސްވަނައަށް ދިޔަ ޕޭރޫ އާއެވެ.

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.