އެޕަލް ކުންފުނިން ކުރިއަށް ގެނަދާ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ)ގެ ފުރަތަމަ ދުވަހު އެކުންފުނީގެ އައު އުފެއްދުންތައް ދައްކާލައިފިއެވެ.
މި އައު އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ އެޕަލް ޑިވައިސްތަކަށް ބޭނުންކުރާ އައު ޗިޕްސެޓް " އެމް 2" އާއި އައު ނޯޓްބުލް ލައިން "މެކްބުކް އެއާ" އެވެ.
ކުރިން "ވެޖް" ޑިޒައިނެއް ގެންގުޅުނު މެކްބުކް އެއާ މިހާރު ވަނީ "ފްލެޓް" ޑިޒައިނަކަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން ނޯޓްބުކް ގެ ބައެއް ކަންކަން ވަނީ އަޕްގްރޭޑް ކޮށްފަ އެވެ. މިގޮތުންލިކުއިޑް ރެޓިނާ ޑިސްޕްލޭއަކާއި ސްޓީރިއޯ ސްޕީކަރެއްގެ ބަދަލުގައި ހަތަރު ސްޕީކަރު ޑިވައިސަށް ވަނީ އިތުރުކޮށްފައެވެ. މެކްބުކް އެއާ ތުނިވެފައިވާއިރު އެ ޑިވައިސްގައި މެގްސޭފް ޗާޖުކުރެވޭ ހިދުމަތްވެސް ވަނީ އަލުން ތައާރަފުކޮށްފަ އެވެ.

ހަމައެހެންމެ އަލަށް ތައާރަފުކުރި އެމް2 ސިލިކަން އަކީ އެމް1 ސިލިކަން އަށް ވުރެ އެކި ގޮތްގޮތުން އަވަސް ވާނެ ޗިޕެއް ކަމަށް ލަފާކުރެވެއެވެ. މި ޗިޕުގައި ޖުމްލަ 8 ސީޕީޔޫ ކޯ އާއި 10 ޖީޕީޔޫ ކޯ އެ ހިމެނެއެވެ. މިހެންކަމުން ވީޑިއޯ ރެންޑާކޮށް ހެދުމަށް ކުރީގެ ޑިވައިސްތަކަށް ވުރެ 1.4 ގުނަ އަވަސް ވާނެ ކަމަށް އެޕަލް އިން ބުނެ އެވެ.
އައު މެކްބުކް ވިއްކަން ފަށަނީ މިއަންނަ ޖުލައި މަހުގައެެވެ. އަދި ފުރަތަމަ ވިއްކަން ފަށައި އަގަކީ 1،199 އެމެރިކާ ޑޮލަރު ކަމަށް އެޕަލްއިން މައުލޫމާތު ދެއެވެ.