އެމެޒޮންގެ އައު އޯގިއުމެންޓެޑް ރިއަލިޓީ ހިދުމަތް

ޓެކްނޯލޮޖީ

އެމޭޒަން ގައި ބޫޓުގެ ވިޔަފާރި ފުޅާކުރުމަށް މިހާރު ވަރަށް ފަސޭހަ

ދާނިޝް - އެމެރިކާ | 11 ޖޫން 2022 , ހޮނިހިރު 18:46   378

އެމޭޒަން ވިޔަފާރި ކުރުމަށް ލުޔެއް ގެނެސް އެމޭޒަންގެ އެޕް ބޭނުންކޮށްގެން ވާޗުއަލްކޮށް ބޫޓުތަކަށް އެރެވޭގޮތް ހަދައިފިއެވެ.

މި ޙިދުމަތަކީ އޯގިއުމެންޓެޑް ރިއަލިޓީ (އޭއާރު) ބޭނުންކޮށްގެން ހަދާފައިވާ ޕްލެޓްފޯމަކުން ދެވޭ ޙިދުމަތެކެވެ. އަދި އެމޭޒަން އިން އަންނައުނާއި މޭކަޕް އަދި ފަރުނީޗަރު ތަކަށްވެސް މި ޙިދުމަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

މި އާ ޙިދުމަތުގެ ދަށުން ނިއު-ބެލެންސް އާއި އަޑިޑަސް އަދި ރީބޮކް ފަދަ ބްރޭންޑްތަކުގެ ބޫޓުތައް އެމީހެއްގެ ފަޔާ ގުޅޭތޯ ގަތުމުގެކުރިން ޓެސްޓުކޮށްލެވޭނެ އެވެ. މި ފީޗަރ ބޭނުންކުރުމަށް އެ މީހަކަށް ކަމުދާ ބޫޓެއް ހިޔާރުކުރުމަށް ފަހު، ކެމެރާ އަށް ދެފައި ފެންނާނެ ގޮތަށް ބެހެއްޓުމުން އެ މީހަކު އެ ބޫޓަކަށް އެރުމުން ހުންނާނެ ގޮތް، އެކި އެންގަލްތަކުން ބެލޭނެ އެވެ.

ނަމަވެސް މީގެއިން ބޫޓުގެ ސައިޒު ރަނގަޅުތޯ ނުބެލޭނެއެވެ.

މި އައު ޙިދުމަތުގެ މައުލޫމާތު ހޮއްސާކޮށްފައިވާ އެމޭޒަންގެ ބްލޮގް ބުނާގޮތުން މި ޙިދުމަށް އަދި ލިބިގެން ދާނީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ނަމަވެސް ވަރަށް އަވަހަށް އެންޑްރޮއިޑް ކަސްޓަމަރުންނަށް ވެސް މިޙިދުމަށް ތައާރަފް ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.