ސްރީލަންކާ އާއި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން

ކުޅިވަރު

ކޮލިފައިންގެ ފަހު މެޗުން ރާއްޖެއަށް މޮޅެއް

ދާނިޝް - އޭޝިއާ | 14 ޖޫން 2022 , އަންގާރަ 23:41   228

އޭއެފްސީ އޭޝިއަން ކަޕް 2023 ގެ ކޮލިފައިން ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފަހު މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

އުޒްބެކިސްތާނުގައި ކުޅެމުންދާ ކޮލިފައިންގައި ރާއްޖެ ވާދަކުރި ފަހު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދާގެންނެވެ. މެޗުގެ ގިނަ ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ރާއްޖެއެވެ.

ނަމަވެސް ލަންކާގެ ހާފް ތެރެއަށް ރާއްޖެއިން ނުރައްކާ ކުރި ނަމަވެސް ފުރަތަމަ ހާފުގައި ރާއްޖެއަށް ލަންކާގެ ގޯލާއި އަމާޒުކޮށް އެހާ ނުރައްކާތެރި ހަމަލާއެއް ނުފޮނުވެއެވެ. މިކަން ދެވަނަ ހާފުގެ ކުޅެން ފެށުނު ތަނާހެން ބަދަލުވެގެން ދިޔައެވެ. ލަންކާގެ ކުޅުންވެސް ދެވަނަ ހާފުގައި ވަރުގަދަ ވެގެން ދިޔައިރު ދެ ޓީމުގެ ފަރާތުންވެސް ވަރަށް ފޯރިގަދަ ރީތި ކުޅުމެއް ފެނިގެން ދިޔައެވެ.

މެޗުގައި ރާއްޖެއިން ޖެހި ލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 62 ވަނަ މިނިޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. މެޗުގެ 68 ވަނަ މިނިޓޫގައި ލަންކާއަށް ރާއްޖޭގެ އޭރިއާ ތެރެއިން ރާއްޖޭގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ލަންކާގެ ކުޅުންތެރިޔާ ޑިލޯން ޑި ސިލްވާ އަށް ކުރި ފައުލަކާއި ގުޅިގެން ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. ނަމަވެސް މި ޕެނަލްޓީ ރާއްޖޭގެ ކީފަރު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ރާއްޖެ ހިމެނޭ ގްރޫޕް ސީގެ އެއްވަނައިގައި މި ވަގުތު އޮތް އުޒްބެކިސްތާނާއި ދެވަނައިގައި އޮތް ތައިލެންޑަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. އަދި ރާއްޖެއަށް މިލިބުނު މޮޅާއެކު ގްރޫޕްގެ 3ވަނަ ލިބެނީ ރާއްޖެއަށެވެ. އެއީ 3 ޕައިންޓް ލިބިގެންނެވެ. އަދި ގްރޫޕް ގެ އެންމެ ފުލުގައި އޮތް ސްރީލަންކާ ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

އުޒްބެކިސްތާނާއި ތައިލެންޑް ވާދަކުރާ މެޗަށް ފަހު އޭޝިއަން ކަޕްގެ ސީދާ ޖާގަ ކަށަވަރުވާ ޓީމެއް އެގިގެން ދާނެއެވެ. ނަމަވެސް ގްރޫޕް ގެ ދެވަނަ ލިބޭ ޓީމަށްވެސް އޭޝިއަން ކަޕުން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.