ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ

ދުނިޔެ

ޗައިނާ އާއެކު ރަނގަޅު ގުޅުމެއް އޮތުން މުހިންމު - ޖަޕާން

ދާނިޝް - އޭޝިއާ | 23 ޖޫން 2022 , ބުރާސްފަތި 09:07   187

ޗައިނާ އާއެކު ރަނގަޅު، ހަރުދަނާ ގުޅުމެއް އޮތުން މުހިންމު ކަމަށް ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ބޮޑު ވަޒީރު މިހެން ވިދާޅުވީ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖަޕާނާއި ޗައިނާ ދެމެދު ޒަމާނުއްސުރެ އެ ދެ ގައުމުގެ ސަރަހައްދީ އިމާމެދު އަރައިރުންތަކެއް ވަނީ އުފެދިފައެވެ. މި މައްސަލަ އަދި އަދަށް ދާންދެންވެސް ފުރިހަމައަށް ހައްލު ވެފައި ނުވާއިރު ފުމިއޯ ވިދާޅުވީ މަޝްވަރާއިން ނަތީޖާ ނެރެވޭނެ ކަމުގައެވެ. އޭނާ ވިދާޅުވީ އެ ދެ ގައުމުން އެއްގަލަކަށް އަރަން ޖެހެނީ ހަމައެކަނި ދެ ގައުމަށްޓަކައެއް ނޫނެވެ. އަދި އެއީ މުޅި ސަރަހައްދު ހިއްސާކުރާ އެހެން ގައުމުތަކުގެ ހައްގުގައިވެސް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު މި މޭރުމުން ވާހަކަ ދައްކަވައިފާ ވާއިރު މީގެ ކުރިން އޭނާ ބުނަމުން ދިޔައީ ދެ ގައުމު ހިއްސާކުރާ ކަނޑާއި ވަޔަކީ ވަކި ގައުމަކަށް އޮތް މުދަލެއް ނޫންކަމަށާއި އެ ސަރަހައްދުގެ ބާރުވެރިކަން ވަކިން ބޮޑަށް ޗައިނާގެ އަތުގައި އޮތުމަކީ ޖަޕާން ގަބޫލު ކުރާ ކަމެއް ނޫންކަމަށެވެ.

ޖަޕާނަކީ އެމެރިކާ އާއި އިންޑިއާ، އޮސްޓްރޭލިއާ އާއި ގުޅިގެން އުފައްދާފައި "ކުއަޑް" ގެ ގައުމެއްކަން ފާހަގަކުރެވެއެވެ. "ކުއަޑް" ގެ ބޭނުމަކީ ދެކުނު ޗައިނާ ކަނޑުގައި އަދި ސަރަހައްދީ އިމުގައި ޗައިނާއަށް އޮތް ދައުރު ހަނިކުރުވާ ޗައިނާގެ އަސްކަރީ ކުރިއެރުންތައް ޖާސޫސުކޮސް ހުއްޓުވުމަކީ ވެސް "ކުއަޑް" ގެ މަގްސަދެކެވެ. މިއާއެކު ޖަޕާނުން ޗައިނާ އާއި ޖަޕާން ސަރަލައްދުގެ ސަރަހައްދީ ސިއްރުތައް އެމެރިކާ އަށް ހިއްސާކުރުމަކީ ޗައިނާއިން ކަންބޮޑޮވާ ކަމެކެވެ.

ޖަޕާނުގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ސަމިޓެއް ބާއްވަން އުންމީދު ކުރައްވާ ކަމަށާއި މަޝްވަރާ ތަކަކާއި އެކު ދެ ގައުމުގެ ދެމެދު ހަރުދަނާ ދެމެހެއްޓެނިވި ގުޅުމެއް ގާއިމު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.