އެންމެ ވާދާކުރައްވާ ފަރާތްތަކުގެ ތެރޭގައި ޕެނީ މޯރޑޮންޓް އަދި ރިޝީ ސުނަކް (މަތިން ވާތްފަރާތުގައި) އެހެން ވާދަވެރިންނާއެކު

ދުނިޔެ

އިނގިރޭސިވިލާތުގައި އާ ބޮޑުވަޒީރަކު އިޢްލާންކުރުން އަންނަ ސެޕްޓެމްބަރު ފުރަތަމަ ހަފްތާގައި

އަލީ އަޒްޔަން - ޔޫރަޕް | 12 ޖުލައި 2022 , އަންގާރަ 10:36   282

އިނގިރޭސިވިލާތުގައި ވެރިކަންކުރާ ޕާޓީގެ ލީޑަރު އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބަދަލުގައި މީހަކު ނެގުމުގެ މަސައްކަތް މިހާރު އެގައުމުގައި ބާރަށް ކުރިއަށް އެބަދެއެވެ

މިމަސައްކަތުގައި ގާނޫނު ހަދާ މަޖިލީހުގެ 11 ބޭފުޅަކު އިސްކޮށް ޙަރަކާތްތެރިވެއެވެ. އަދި މިހާތަނަށް ޖުމްލަ 20 ފަރާތެއް ވާދަކުރައްވާނެކަން ވަނީ ކަށަވަރުވެފައެވެ.

މިއިންތިހާބު ބާއްވަންޖެހުނީ ބޮރިސް ޖޯންސަން އާއި ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ ކުރިމަތި ކުރިމަތި ކުރުވި ޕްރެޝަރާއިހެދި އިސްތިޢުފާ ދެއްވުމުންނެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވީ ބޮރިސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އަދި ބޮރިސް ވިދާޅުވީ ބުރާސްފަތި ދުވަހު އިސްތިޢުފާ ދެއްވާނެކަމަށެވެ.

ވޯޓުލުން ދެބުރަކަށް ދެމިގެންދާއިރު އާވެރިޔަކު ހޮވުމުގެ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.