ވިންގާ ރަފީނިއާ ދަނޑުމަތީގައި

ކުޅިވަރު

ވިންގާ ރަފީނިއާ ބާސާއަށް ވިއްކާލަން ލީޑްސް އިން ނިންމައިފި

ދާނިޝް - ޔޫރަޕް | 14 ޖުލައި 2022 , ބުރާސްފަތި 10:28   260

މި ޓްރާންސްފާ ސީޒަނުގައި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކެއް އެ ކުޅުންތެރިއަކު ހޯދުމަށް ޝައުގުވެރިކަން ފައުޅުކޮށްފައިވާ ބްރެޒިލްގެ ކުޅުންތެރިޔާ ވިންގާ ރަފީނީއާ ބާސެލޯނާއަށް ވިއްކަން ލީޑްސް ޔުނައިޓެޑް އިން ނިންމައިފިއެވެ.

މީޑިއާ ތަކުން ރިޕޯޓުކުރާ ގޮތުގައި ރަފީނިއާ ބާސާއަށް ވިއްކާލަނޫ 58.1 މިލިއަން ޑޮލަރުގެ އަގެއްގައެވެ. ނަމަވެސް އެޑޯންސްގެ އަދަދާއެކު ގުމުލަ އަދަދު 67.2 މިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލީޑްސްގެ މި ނިންމުމުގެ ކުރިންވެސް ރަފީނިއާ ވަނީ 2027 ގެ ޖޫން މަހުގެ ނިޔަލަށް ބާސާއާއި ގުޅެން އޭނާގެ އެޖެންޓް އާއެކު އެއްބަސްވެފައި ކަން މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާސެލޯނާގެ އިތުރުން އާސެނަލް، ހޮޓްސްޕާސް އަދި ޓޮޓެންހަންއިން ވެސް ވަނީ ރަފީނިއާ ހޯދަން ހުށަހަޅައިފައެވެ. އަދި ޗެލްސީއިން ވަނީ ބާސާއަށް ރަފީނިއާ ގަނުމަށް ހުށަހެޅި އަގަށް ވުރެ މަތިން 75.2 މިލިއަން ޑޮލަރުގެ އަދަދެއް ހުށަހަޅައިފައެވެ. ނަމަވެސް ރަފީނިއާ ބާސާއަށް ބަދަލުވާން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅުކުރުމާއި ގުޅިގެން ލީޑްސް އަށް 25 އަހަރުގެ ކުޅުނެތެރިޔާ ބާސާއަށް ވިއްކުމަށް މަޖުބޫރުވީއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.