އިޓަލީ ވިލާތުގެ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވެވީ މާރިޔޯ ޑްރާޣީ

ދުނިޔެ

އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިޔޯ ޑްރާޣީގެ އިސްތިއުފާއާއި އެކު މާލީ ބާޒާރައް ލޮޅުނަތަކެއް

ދާނިޝް - ޔޫރަޕް | 23 ޖުލައި 2022 , ހޮނިހިރު 20:36   407

އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިޔޯ ޑްރާޣީ އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ޤައުމުގެ މާލީ ބާޒާރައް ބޮޑެތި ލޮޅުންތަކެއް އަރައިފި ކަމަށް އެ ޤައުމުގެ މީޑިއާ ތަކުން ހާމަކޮށްފިއެވެ.

ޑްރާޣީ އިސްތިއުފާދެއްވެވީ އޭނާގެ ގުޅިފައިވާ ކޯލިޝަން ސަރުކާރު ރޫޅުމާއި ގުޅިގެންނެވެ. 18 މަސްދުވަސްވީ މި ސަރުކާރު ރޫޅުނީ ކޯލިޝަން ތެރޭގައި އޮތް ދެބަސްވުންތަކަށް ހައްލެއް ގެނައުމަށް އޭނާ ކުރަމުން ގެންދެވި މަސައްކަތް ތަކަށް ކޯލިޝަންގެ އެންމެ އިސް ތިން ބައިވެރިންގެ އެއްބާރުލުން ނުލިބުމާއި ގުޅިގެންނެވެ.

ޑްރާޣީގެ އިސްތިއުފާއާއި އެކު އެ ޤައުމުގެ މާލީ ހާލަތަށް ބޮޑެތި ލޮޅުންތަކެއް އަންނާނެ ކަމަށް ބެލެވޭއިރު އޭނާ އަކީ ބައިނަލްއަޤްވާމީ މައިދާނުގައި އިޓަލީއިން އަދާކުރާ ދައުރު ފުޅައުކޮށްދެއްވަވާ ދުނިޔޭގެ މާލީ ބާޒާރުގައި އިޓަލީއަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯއްދަވާ ދެއްވާފައެވެ. ޢިޓަލީ ވިލާތުގެ ސަރުކާރުގައި މި ހުސްވި މަޤާމަށް އެހެން ބޭފުޅަކު އިންތިހާބު ވެގެންދާނީ އަންނަ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޙާބުންނެވެ. އެ ޤައުމުގެ ސިޔާސީ މަސްރަޙު ދިރާސާ ކުރައްވަވާ ބޭފުޅުން ދެކެވވަޑައިގަންނަވާ ގޮތުގައި މި އިންތިޙާބުން ޑްރާޣީގެ ކޯލިޝަން ސަރުކާރާއި ނުގުޅުނު ހަމައެކަނި ބޮޑެތި ސިޔާސީ ޕާޓީކަމަށްވާ، ބްރަދަރސް އޮފް އިޓަލީ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދާނެއެވެ.

އައު ބޮޑުވަޒީރެއް އިންތިޚާބު ކުރެވެންދެން އެ މަޤާމު ވަގުތީ ގޮތުން ފުރުއްވުމަށް ރައީސް ސެރްޖިއޯ މައްޓެރެއްޔާ ވަނީ ޑްރާޣީއަށް އިރުޝާދު ދެއްވާފައެވެ.

ޓެގްސް: އީޔޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.