އެޕަލް ކުންފުނިން ހިއްސާގެ ބާޒާރުގައި

ވިޔަފާރި

އެޕަލް ކުންފުނީގެ ހިއްސާ ރިކޯޑު ހަދައިފި

ޒަހީން ޠާލިބް - ދުނިޔެ | 24 ޖުލައި 2022 , އާދީއްތަ 10:10   402

އައިފޯން އުފައްދާ ކުންފުނީގެ ސްޓޮކް ހޯމަ ދުވަހު 133.82 ޑޮލަރަށް އަރާފައިވާއިރު، 2015 ވަނަ އަހަރުގެ އޭޕްރީލް މަހު އެޕަލްގެ އިންޓްރާޑޭ ޓްރޭޑިން ހައި 134.54 ޑޮލަރުގެ ރިކޯޑާ ހަމައަށް ވަނީ ފޯރާފައެވެ.

އެޕަލްގެ ސްޓޮކް އެ ދުވަސް ނިމުނީ 133.29 ޑޮލަރުގައި ހުރެގެންނެވެ. މިއީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަނޑައެޅި ރެކޯޑް އަގެއް ކަމަށްވާ 133 ޑޮލަރަށް ވުރެ ވެސް ބޮޑު އަގެކެވެ.

ހިއްސާގެ ބާޒާރުގައި އެޕަލް ކުންފުނީގެ އަގު އުފުލިގެން ގޮސްފައި މިވަނީ އައިފޯނަށް އާއުއްމީދެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އަދި މިމުޢާމަލާތްތަކުގެ ތެރެއިން 700 ބިލިއަން ޑޮލަރު އެޕަލް ކުންފުންޏަށް އިންވެސްޓްމެންޓްގެ ގޮތުގައި ނެރެވޭނެއެވެ.

ގޯލްޑްމޭން ސެޗް ބޭންކް އިން ބުނެފައިވަނީ ދެން އަންނަ އައިފޯން މޮޑެލްއަށް "3ޑީ ސެންސިން" ފަދަ ބޮޑެތި އާ ފީޗާސް " ތައް އިތުރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ އެވެ.

އެޕަލް ކުންފުނިން މި ކުއާޓަރުގައި 78.3 މިލިއަން އައިފޯނު ވިއްކައިގެން އާ ރެކޯޑެއް ވެސް ވަނީ ގާއިމްކޮށްފައިވެ އެވެ.

މި ދިގު އިންތިޒާރާއި އެކު މިއާއަހަރުގެ އައިފޯނަށް ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި އެޕަލް އިން ސްމާޓްފޯނު ވަރަށް ބޮޑަށް އޯވަހޯލްކޮށް ޑިމާންޑް އަލުން އާކުރުމަށް އުޅޭ ކަމުގެ އުންމީދުތައް ވަނީ ބޮޑުވެފައެވެ.

ޓެގްސް: އެޕަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.