އެމެރިކާއާ ދެކޮޅަށް ހިނގައިދާނެ ހަމަނުޖެހުންތަކާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ސަމާލުވުމަށް އެމެރިކާއިން އިލްތިމާސްކޮށްފި

ދުނިޔެ

ޒަވާހިރީ މަރާލުމުން އެމެރިކާގެ ކިބައިން ބަދަލު ހިފާފާނެތީ، އެކަމުގެ އިންޒާރު އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުން ނެރެފި

ޒައިން ޠާލިބް - އެމެރިކާ | 4 އޯގަސްޓު 2022 , ބުރާސްފަތި 09:58   405

އަލްޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލުމާ ގުޅިގެން އެމެރިކާއާ ދެކޮޅަށް ހިނގައިދާނެ ހަމަނުޖެހުންތަކަށް ސަމާލުވުމަށް އަލްޤައިދާއިން އެމެރިކާއިން އިލްތިމާސްކޮށްފި އެވެ. އޭނާގެ މަރުގެ ސަބަބުން އަލްޤައިދާ އަށް ތާޢީދުކުރާ ފަރާތްތަކުން، ނުވަތަ އެކަމާ ގުޅުންހުރި އެހެން ޖަމާއަތްތަކުން އެމެރިކާގެ ފެސިލިޓީތަކަށާއި ރައްޔިތުންނަށް އަމާޒުކޮށްފާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި މިދިޔަ އާދީއްތަ ދުވަހު އެމެރިކާގެ ޑްރޯނަކުން ޒަވާހިރީ ވަނީ މަރާލާފައެވެ. އޭނަ މަރުވިކަން ވަނީ ހޯމަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ކަށަވަރުކޮށްފަ އެވެ

އޭނާ ވަނީ އެމެރިކާއަށް 9/11 ގެ ހަމަލާތަކުގައި ގާތްގަނޑަކަށް 3000 މީހުންގެ ފުރާނަ ގެއްލުނު ހަމަލާތައް އެކުލަވާލުމުގައި އެހީތެރިވެދީފަ އެވެ. އުމުރުން 71 އަހަރުގެ މިސްރުގެ ޑޮކްޓަރު އަލްޤައިދާއާ ހަވާލުވީ 2011 ވަނަ އަހަރު އުސާމާ ބިން ލާދިން މަރުވުމަށްފަހުއެވެ.

މިހާރުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގެ އެތައް ސަރަހައްދެއްގައި އެމެރިކާގެ މަސްލަހަތާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދޭން ޓެރަރިސްޓް ޖަމާއަތްތަކުން ރާވަމުންދާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.

އެމެރިކާގެ ރައްޔިތުން ދަތުރުކުރާއިރު އެމީހުންގެ ވަށައިގެންވާ މާހައުލާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

މިލިޔުމާއި ގުޅޭ:

އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަލްޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލައިފި

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.