ޓާޓާ ކުންފުނީގެ އިމާރާތެއް

ޓެކްނޯލޮޖީ

ފޯޑް ކުންފުނިން އެކުންފުނީގެ އިންޑިއާގެ ކާރުޙާނާ ވިއްކާލަނީ

ދާނިޝް - އިންޑިއާ | 9 އޯގަސްޓު 2022 , އަންގާރަ 15:45   404

އިންޑިއާގެ މަޝްހޫރު ކުންފުނި ޓާޓާ މޮޓޯސްއިން އެ ޤައުމުގައި ހުންނަ ފޯޑުގެ ކާތުޙާނާއެއް ގަންނަން ނިންމައިފިކަމުގެ ވާހަކަތަކެއް ދައުރުވާން ފަށައިފިއެވެ.

މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން ޓާޓާއިން ފޯޑުގެ ކާރުޙާނާ ގަންނަން އެއްބަސްވެފައިވަނީ 91.5 މިލިއަން އެމެރިކާ ޑޮރަލަށެވެ. އިންޑިއާގެ ގުޖުރާރުގައި ހުންނަ މި ކާރުޙާނާ ގަތުމަށް ޓާޓާއިން މި ނިންމީ އެ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ދަށުންނެވެ. ޓާޓާގެ އިލެކްޓްރިކް ވެހިކަލް ސަބްސިޑަރީ އާއި އެމެރިކާގެ ފޯޑު ކާރު އުފައްދާ ކުންފުނީގެ އިންޑިއާ ޔުނިޓާ ދެމެދު ވެފައިވާ ކަމަށް ބުނާ މި އެއްބަސްވުމުގެ ދަށުން ބިމާއި މެޝިނަރީ އަދި ހުރިހާ ޝަރުތު ހަމަވާ

މުވައްޒަފުން ވެސް ޓާޓާއަށް ލިބޭނެއެވެ.

ފޯޑޫގެ މި ކާރުޙާނާއަކީ މިދިޔަ އަހަރު މަސައްކަތް ކުރުން ހުއްޓާލައިފައިވާ ކާރުޙާނާއެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ކާރުޙާނާ ބަންދުކުރާނެ ކަން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ވަނީ އިއުލާނު ކޮށްފައެވެ. އަދި މި ނިންމުމާއި އެކު 4000 މުވައްޒަފުންނަށް އަސަރު ކުރާނެ ކަމަށް ބެލެވިފައި ވީއިރު، ޓާޓާ ކުންފުންޏާއެކު އެކުލެވުނު އެއްބަސްވުން ވެގެންދާނީ އެ މުވައްޒަފުންނަށް ލިބިގެންދާ އުފާވެރި ޙަބަރަކަށެވެ. ދެ ކުންފުނީގެ މެދުގައި މި ވެވުނު އެއްބަސްވުމުގެ ދަށުން ޓާޓާއިން އެމީހުންގެ ސަނަންދު ކާރުޚާނާގައި އަހަރަކު އުފައްދާ އުފެއްދުންތައް ފުރަތަމަ ފަހަރަށް 300،000 އަރާނެކަމަށެވެ. އަދި މި ކެޕޭސިޓީ 420000w އަށް އިތުރު ކުރެވިދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ޓެގްސް: އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.