ބްރެންޓްފޯޑް އިން ކާމިޔާބީ ފާހަގަކުރަނީ

ކުޅިވަރު

ޕްރެމިއަރ ލީގަށް އަލަށް ކޮލިފައިވި ޓީމަކުން، ފަރަގު ބޮޑު ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ލަދުގަނުވާލައިފި

ދާނިޝް - ޔޫރަޕް | 14 އޯގަސްޓު 2022 , އާދީއްތަ 17:41   336

މިދިޔަ ސީޒަނުގައި މުޅިން އަލަށް ޕްރިމިއާ ލީގަށް ކޮލިފައިވި ބްރެންޓްފޯޑް އިން މެންޗެސްޓާ ޔުނައިޓެޑް 0-4 ގެ ފަރަގު ބޮޑު ނަތީޖާއަކުން ބަލިކޮށްފިއެވެ.

ލީގުގެ ފުރަތަމަ މެޗުން ބްރައިޓެން އާއި ދެކޮޅަށް ކުޅެ މިފަދަ ނަތީޖާއަކުން ޔުނައިޓެޑް ބަލިވިއިރު މިހާރު އެ ޓީމް އޮތީ ލީގުގެ އެންމެ ފުލުގައެވެ. މިއީ 1992 ވަނަ އަހަރަށް ފަހު ޔުނައިޓެޑް ޕްރިމިއާ ލީގުގެ ފުލަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑަށް މި މެޗުން ހިތި ނަތީޖާއެއް ލިބިގެން ދިޔައަސް މިއީ ބްރެންޓްފޯޑަށް ލިބުނު ތާރީހީ ކާމިޔާބީއެކެވެ. އެގޮތުން މި މެޗުން ލިބުނު މޮޅަކީ އެ ޓީމަށް 1938 ވަނަ އަހަރަށް ފަހު ޔުނައިޓެޑާއި ދެކޮޅަށް ކުޅެ ކާމިޔާބުވި ފުރަތަމަ މެޗެވެ.

ބްރެންޓްފޯޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗްގައި ޔުނައިޓެށްގެ ފަރާތުން ގިނަ ގޯސްތަކެއް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ބްރެންޓްފޯޑުން މެޗުގެ ކުޅުން ފެށިގެން 10 ވަނަ މިނިޓުގައި މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެތިއަސް ޔެންސެން ގެ އެހީތެރިކަމާއި އެކު ޖޯޝް ޑަސިލްވާއެވެ. ބްރެންޓްފޯޑްގެ ދެވަނަ ލަނޑު އެ ޓީމަށޤ ކާމިޔާބުކޮށް ދިނީ ފުރަތަމަ ލަނޑު ޖެހިތަނާއި 8 މިނިޓު ފަހުން، ޔެންސެންއެވެ.

މި ލަނޑަށް ފަހުވެސް ޔުނައިޓެޑް ފަރާތުން ގިނަ ގީސްތަކެއް ހެދި ޓީމް ޕްރެޝަރަށް ވެއްޓިގެން ދިޔަ ތަން ފެނިގެން ދިޔައެވެ. ބްރެންޓްފޯޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު އިތުރަށް އެ ޓީމުން ފުޅައު ކުރީ މެޗުގެ 30 ވަނަ މިނިޓުގަ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ގޯލް ކިކަކަށް ބޭރުވުމުގެ ކުރިން އެޓީމުގެ އިވާން ޓޮނޭ ބޮލުން ގޯލު ކުރިމައްޗަށް ޖައްސާލުމާ އެކު، ބޯޅަ ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކުރީ، ޑިފެންޑަރު ބެން މީ އެވެ. އަދި ބްރެންޓްފޯޑުން މެޗުގައު ޖެހި 4ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީވެސް އީވާން ޓޮނޭއެވެ. އެއީ މެޗުގެ 34 ވަނަ މިނިޓުގައެވެ.

ފުރަތަމަ ހާފުގައި ދެންވެސް ބްރެންޓްފޯޑުން ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. މިއާއި އެކު ދެވަނަ ހާފުގެ ކުޅުން ޔުނައިޓެޑުން ފެށީ ކުޅުންތެރިންގެ ލައިނަޕަށް 3 ބަދަލެއް ގެނެސްގެންނެވެ. އެގޮތުން މާޓިނޭޒްގެ ބަދަލުގައި ރަފައެލް ވަރާން ކުޅެން އެރުވި އިރު، ޝޯ ގެ ބަދަލުގައި ޓީރެލް މަލަސިއާ ކުޅެން އެރުވި އެވެ. އަދި ފްރެޑް ގެ ބަދަލުގައި މިންޑްފިލްޑަރަށް ސްކޮޓް މެކްޓޮމިނޭ އެރުވިއެވެ.

މިހާފުގައު ޔުނައިޓެޑްގެ ކުޅުން ރަނގަޅުކޮށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް އެ ޓީމަށް ބްރެންޓްފޯޑްގެ ޑިފެންސް ފޫއަޅުވައިލައި ގޯލަކާއި ހަމައަށް ވާސިލުނުވިއެވެ. ޔުނައިޓެޑްގެ ކޯޗް ޓެން ހަގް ދެވަނަ ހާފުގައު ކުޅުންތެރިންނަށް އިތުރު 2 ބަދަލެއްވެސް ގެނެސްފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.