ޗެލްސީ އާއި ޓޮޓްނަމް ބައްދަލު ކުރި މެޗްގެ ތެރެއިން ދެ ޓީމުގެ ކޯޗުންގެ ދެމެދު ހަމަނުޖެހުންތަކެއް ހިނގަނީ

ކުޅިވަރު

ޗެލްސީ އާއި ޓޮޓްނަމް ހޮޓްސްޕާގެ ކޯޗުންނަށް ރަތް ކާޑު، މެޗުގެ ނަތީޖާ އެއްވަރު

ދާނިޝް - ޔޫރަޕް | 15 އޯގަސްޓު 2022 , ހޯމަ 18:38   283

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ލަންޑަން ޑާބީ މެޗުގައި ޗެލްސީ އާއި ޓޮޓްނަމް ހޮޓްސްޕާ އެއްވަރުވެ، ދެ ޓީމުގެ ކޯޗުންގެ ދެމެދު ހިނގި ހަމަނުޖެހުމަކާއި ގުޅިގެން، ދެ ޓީމުގެ ކޯޗުންނަށް ވެސް ރަތް ކާޑު ދައްކައިފިއެވެ.ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު އަދި ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗް ނިމުނީ 2-2ގެ ނަތިޖާއަކުން ދެ ޓީމުވެސް އެއްވަރު ވެގެންނެވެ.

މެޗްގައި ފުރަތަމަ ގޯލެއް ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. އެއީ މެޗުގެ 19 ވަނަ މިނިޓުގައި ކަލދޫ ކުލިބާލީ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. އެއަށްފަހު މެޗުގެ 68 ވަނަ މިނިޓުގައި ޓޮޓްނަމުން މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެމިލް ހޮއިބާގެވެ. ދެ ޓީމުގެ ކޯޗުންގެ ދެމެދު ދެބަސްވުން އުފެދުނީ މިހައި ހިސާބުންނެވެ. މިއާއި އެކު ދެ ޓީމުގެ ބެންޗުން ހަމަނުޖެހުންތަކެއް ހިނގައި ދެ ޓީމުގެ ކޯޗުންނަށްވެސް ރެފްރީ ވަނީ ރީދޫ ކާޑު ދައްކައިފައެވެ.

މި ހާދިސާއަށް ފަހު މެޗުގެ ކުޅުން އަލުން ފެށި މެޗުގެ 77 ވަނަ މިނިޓުގައި ރީސް ޖޭމްސް ޖަހައިދިން ގޯލާއި އެކު ޗެލްސީއިން އަނެއްކާވެސް މެޗުގެ ލީޑު ނެގިއެވެ. މި ގޯލަށް ފަހު ދެ ޓީމުގެ ކުޅުން އިތުރަށް ފޯރިގަދަވިތަން ފެނިގެން ދިޔައެވެ. އަދި ޓޮޓްނަމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް އާއި ޓޮޓްނަމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭއަށް ރަތް ކާޑު ދެއްކިގެން ދިޔައީ މެޗަށްފަހު ދެ ޓީމުގެ ކޯޗުން ސަލާމް ކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ.މި މެޗްގެ ނަތީޖާ އާއި އެކު ޓޮޓްނަމް ލީގުގެ ހަތަރުވަނައިގައި އުޅޭއިރު ޗެލްސީ އުޅެނީ ލީގުގެ ހަތްވަނައިގައެވެ.

މެޗުގެ ހައިލައިޓްސް :

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.