އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް

ދުނިޔެ

ކާބުލްގެ މިސްކިތެއްގައި އެއްޗެއްގޮވައި، އެތައް ބަޔަކު މަރުވެއްޖެ

ޒައިން ޠާލިބް - ދުނިޔެ | 20 އޯގަސްޓު 2022 , ހޮނިހިރު 08:57   276

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއްގެ ތެރެއިން ބޮޑު ގޮވުމެއް ގޮއްވާލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

އެންޖީއޯ އިމަޖެންސީން ބުނާގޮތުގައި މި ގޮވުން ހިނގީ އަސުރު ނަމާދު ކުރަމުން ދިޔަ ވަގުތުކަމަށާއި އަދި ގޮވުމާއިއެކު 21 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފއިވެއެވެ. އަދި އިތުރަށް 33 މީހަކަށް އެކުވަރުގެ އަނިޔާވެ ޒަހަމްވެފައިވާކަމަށް ކާބުލް ފުލުހުންގެ މީޑިއާ އޮފިޝަލް ޚާލިދު ޒަދުރާން ވިދާޅުވެފައިވެއެވެ.މަރުވި މީހުންގެ ތެރޭގައި މިސްކިތުގެ އިމާމުވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާގެ ފަހަތުގައި ތިބީ ކޮންބައެއްކަން ސާފެއް ނުވެއެވެ، ނަމަވެސް މިޙާދިސާ ހިނގާފައިވަނީ، އިސްލާމިކް ސްޓޭޓް (އައިއެސް) ކަމަށް ބުނާ ހަނގުރާމަވެރިން ތާލިބާނުންނަށް ތާއީދުކުރާ ދީނީ އިލްމުވެރިއަކު ކާބުލްގައި ޖާނުންފިދާވާ ބޮމެއް ގޮއްވާލިތާ ހަފްތާއެއް ފަހުންނެވެ.

މިދިޔަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް އަތުލައިގަތްފަހުން، ތާލިބާނުންގެ އެންމެ ވަރުގަދަ ދުޝްމަނެއްގެ ގޮތުގައި އައިއެސް ފެނިގެން ގޮސްފައިވެއެވެ. އެ ދެ ޖަމާއަތުން މިހާރު ދަނީ ނުރައްކާތެރި ވަރުގަދަ ހަމަލާތައް ބަދަލު ކުރަމުންނެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި ބޮން ގޮވިއިރު ކައިރީގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވެއެވެ.

އެ ސިޓީގެ މައި ހޮސްޕިޓަލް ހިންގާ އިމަޖެންސީ އެންޖީއޯގެ ވެރިޔާ ސްޓެފަނޯ ސޮޒާ ވިދާޅުވީ އޭނާގެ ގްރޫޕުން ކުޑަކުދިން 35 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.

ޓެގްސް: އަފްޢާނިސްތާނު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.