މީގެ ކުރިން އާމިންދައްތަ އާއި އެކްޕްރެސް ނޫހުން ބައްދަލުކޮށް ނެގި އިންޓަވިއުއެއްގެ ތެރެއިން

ހަބަރު

އާމިންދައްތައަށް ވަޒީފާ ދިނުމުގެ އަމުރެއް ނެރެފި، ޒިންމާ އޮތީ މިނިސްޓްރީގައި، އެކަމަކު އިޖާބަނުދެއްވާ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 5 ސެޕްޓެންބަރ 2022 , ހޯމަ 08:42   774

އައްޑޫ ސިޓީ ހިތަދޫ، ޝަރަފުއްދީން ސްކޫލްގައި މަސައްކަތުމީހެއްްގެ ވަޒީފާ އަދާކުރަމުންދާތާ ގިނަދުވަސްތަކެއް ވެފައިވާ އާމިންދައްތަ (ސުއޭހުހީނާގެ، ސ.ހިތަދޫ)، ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައި މަސައްކަތުން އެކަހެރިކުރެވުނީ މިދިޔަ މާޗްމަހުއެވެ. މި މައްސަލައިގެ ތަޙުޤީގަށްފަހު ދޫކޮށްލާފައިވާއި ވަނީ ވަރަށް އަސަރާއިއެކު އެވާހަކަތައް ކިޔައިދީފައެވެ.

އާމިންދައްތަ ވަނީ މީގެ ކުރިން އޭޕްރިލް މަހުގެތެރޭގައި ވެސް އެކްސްޕްރެސް ނިއުސްގެ ޓީމާއި ބައްދަލުކޮށް ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އޭރު އާމިންދައްތަ ބުނެފައިވަނީ، "މީއީ ބޮޑު އަނިޔާއެއް ކަމަށާއި މިފަދަ އަނިޔާއެއް އުއްމަތުގެ އެއްވެސް މީހަކަށް ލިބުމަށް ނޭދޭ" ކަމަށެވެ.

މިފަދަ މައްސަލަތަކުގައި ޢާއްމުގޮތެއްގައި ފިޔަވަޅު އަޅުއްވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީއެވެ. މިމައްސަލައާއި ގުޅިގެން ނޫހުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، ތަފާތު އެކިފަހަރުމަތިން މިނިސްޓްރީގެ ބަހެއްހޯދުމަށް ކުރިމަސައްކަތް ވަނީ ކާމިޔާބުނުފެވައެވެ.

ނަމަވެސް، ސްކޫލްގެ ޕްރިންސިޕަލް ހުސެން މުސައްވިރު އާއި މިއަދު ހެނދުނު ވާހަކަ ދައްކާލުމުން ވިދާޅުވީ، މުވައްޒަފުން ސަސްޕެންޑްކުރުމާއި އަލުން މަސައްކަތައް ނެރުމުގެ އިޚްތިޔާރު ސްކޫލުގައި ނޯންނަކަމަށެވެ.

އަޅުގަނޑުމެންނަކީ ހަމައެކަނި ތަންފީޒުކުރާ ފަރާތެއް. އަޅުގަނޑުމެންގެ އިޚްތިޔާރަކު ނޯވޭ. އެފަދަ ކަމަށް ގޮތެއް ނިންމުމުގެ. މިނިސްޓްރީން އަންގަވާގޮތަކަށް އަޅުގަނޑުމެންނަށް ކަންކަން ކުރެވެނީ. ދެން އަޅުގަނޑުމެންނާއި ހަމައަށް އައި ސިޓީ އޮތީ މިނިސްޓްރީއަށް އެޑްރެސްކުރެވިފައި. އަޅުގަނޑުމެން ވާނީ އެސިޓީ މިނިސްޓްރީއަށް ފޯރުކޮށްދީފައި. މިނިސްޓްރީ އިން ވަކި ގޮތަކަށް އަންގަވައިފިނަމަ އަޅުގަނޑުމެން އެގޮތަކަށް ޢަމަލުކުރާނަން.

~ ހުސެން މުސައްވިރު، ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް

މިމައްސަލައިގައި އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓްރައިބިއުނަލް އަށް މިކަމާއި ގުޅިގެން ހުށަހެޅުނު މައްސަލައިގައި، އެއިދާރާއިން ވަނީ، ސިވިލް ސާވިސް ކޮމިޝަނާއި ދެކޮޅަށް މައްސަލަ ނިންމައި ވަޒީފާ އަށް އަލުން ރުޖޫޢަކޮށްދީ ގެއްލުނު މުސާރަ ދިނުމަށް ވެސް އަންގާފައެވެ. އަދި އެކަމަށް ސިވިލް ސާވިސް ކޮމިޝަނުން އިންކާރުނުކުރި ނަމަވެސް، އެޑީއުކޭޝަން މިނިސްޓްރީން ގެންދަވަނީ އެކި ގޮތްގޮތުން އެކަމާއި ދެކޮޅަށް މަސައްކަތްކުރައްވަމުންކަން ހާމަވެފައިވެއެވެ. އަދި ސަބަބު ހާމަކޮށްފައި ނުވެއެވެ.

މިލިޔުމާއި ގުޅޭ

"މިއުންމަތުގެ އެހެން މީހަކަށް މިފަދަ އަނިޔާއެއް ލިބުމަށް ނޭދެން" - އާމިންދައްތަ [ވީޑީއޯ އިންޓަވިއު]

އައްޑޫސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިންދައްތަ މިނިވަންކޮށްފި

"އާމިންދައްތަ ދޫކޮށްލާށެކޭ ނުބުނަން. އަދި ސޮއިކުރީ އަމިއްލަ ޙައިސިއްޔަތުން" - މޭޔަރ ޢަލީ ނިޒާރު

ޓެގްސް: ކުށްކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.