ފައިނަލް މެޗަށް ފަހު އުފާފާޅު ކުރަނީ، މެޗް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ

ކުޅިވަރު

ޗެލްސީ އިން ހިންވަރާއި ދެކޮޅަށް ކުޅެ، އަނެއްކާވެސް އިތުރު ތައްޓެއް ހޯދައިފި

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 10 ސެޕްޓެންބަރ 2022 , ހޮނިހިރު 00:08   358

ޅ. ނައިފަރަށް ނިސްބަތްވާ ޗެލްސީ ފުޓުބޯޅަ ކުލަބުން، ހިންނަވަރު ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި، ހިންނަވަރު ސްޕޯޓްސް ކްލަބާއި ވާދަކޮށް މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ.

ހުކުރުދުވަހު ހަވީރު ހިންވަރު ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ ހިންނަވަރުގެ މައްޗައް 2-5 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މެޗު ޝަރަފްވެރިކޮށްދެއްވީ، ހިންނަވަރު ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ސޯލިޙްއެވެ.

ފުރަތަމަ ހާފުގައި މޮޅު ކުޅުމެއްދައްކައި، މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީ ޓީމްގެ މުޙައްމަދު އިޝާމް ގޯލެއް ޖަހައި ޓީމަށް ކުރި ހޯދައިދީފައެވެ. ހިންނަވަރުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރަން މަސައްކަތް ކުރިއެވެ. އެގޮތުން ގައުމީ ޓީމްގެ ކުޅުންތެރިޔާ އަލީ އަޝްފާގަށް ލަނޑުޖަހަން ފުރުޞަތު ލިބުނުނަމަވެސް ގޯލު ޖެހޭވަރެއް ނުވިއެވެ.

ހަމައެހެންމެ 77 ވަނަ މިނެޓުގައި ޗެލްސީން އަނެއްކާ ވެސް ގޯލެއްޖަހިއެވެ. އެއީ ބަދަލު ކުޅުން ތެރިޔާ ނަޝީދެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ޗެލްސީ ޓީމަށް ޕެނަލްޓީ އެއް ލިބި އަނެއްކާވެސް ގޯލެއް ޖެހިއެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހުމަދު އަބްދުއްﷲއެވެ. ނަޝީދު ވަނީ މިމެޗުގައި އިތުރު ދެލަނޑު ޓީމަށް ޖަހައިދީ ހެޓްރިކް ހަދާފައެވެ.

ހިންނަވަރުން ޖެހި ހަމައެކަނި ލަނޑުޖަހައިދީފައިވަނީ މެޗުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު ޗެލްސީއަށް ޖުމްލަ 125،000ރ. ގެ ފައިސާގެ އިނާމު ލިބިފައިވެއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ހިންނަވަރު ޓީމުގެ ކެޕްޓަން ވިޖޫއެވެ.

ޓެގްސް: ދިވެހި ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.