ޔޫގަންޑާގެ މަންޒަރެއް

ދުނިޔެ

ޔުގަންޑާގައި އެބޯލާ ފެތުރެން ފަށައިފިކަން އިއުލާނުކޮށްފި

ދާނިޝް - އެފްރުކާ | 22 ސެޕްޓެންބަރ 2022 , ބުރާސްފަތި 18:00   399

އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގަންޑާގައި އިބޯލާ ފެތުރެން ފަށައިފިކަން އިއުލާނުކޮށްފިއެވެ.

ޔޫގަންޑާއިން އިބޯލާ ފެތުރެން ފަށައިފިކަން އިއުލާންކުރީ ނިސްބަތުން މަދުން ނޫނީ ނުފެންނަ ސޫދާން ސްޓްރޭންގެ ކޭސްއެއް އެ ގައުމުން ކަށަވަރުވުމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މައުލޫމާތު ދެއެވެ. ޑަބްލިޔުއެޗްއޯގެ އެފްރިކާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުގެ މުބެންޑޭ ޑިސްޓްރިކްޓްގައި ހުރި 24 އަހަރުގެ ފިރިހެނެއްގެ ސާމްޕަލް ޓެސްޓް ކުރުމަށް ފަހު ބައްޔަށް ޕޮޒިޓިވެ ވެފައިވާ ކަމަށާއި އޭނާ ބަލީގައި މިހާރު މަރުވެފައިވާ ކަމުގައެވެ. އަދި މިވަގުތު ބައްޔަށް ޝައްކު ކުރެވޭ 8 މީހަކަށް ފަރުވާ ދެމެވުން ދާކަމުގައިވެސް ޔޫގަންޑާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއީ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޔޫގަންޑާއިން އިބޯލާ ސޫދާން ސްޓްރޭން ރެކޯޑްކުރާ ފުރަތަމަ ފަހަރު،” ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ފޯ އެފްރިކާ ޑރ.މަޓްޝިޑިސޯ މޮއެޓީ ވިދާޅުވި އެވެ.

ޔޫގަންޑާގައި އެންމެ ފަހުން އިބޯލާ ސޫދާން ފެތުރިގެން ރިޕޯޓްކޮށްފައިވަނީ 2012 ވަނަ އަހަރު ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އެ ގައުމުގައި ހަތަރު ފަހަރެއްގެ މަތިން އިބޯލާ ބަލި ފެތުރިފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނާއިރު، އެންމެ ގިނަ މީހުން މަރުވެފައިވަނީ 2000 ވަނަ އަހަރު ކަމަށާއި ބަލީގައި އެ އަހަރު 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓް ކުރެވިފައެވެ. ހަމައެއާއިއެކު ޔޫގަންޑާއަށް އެންމެ ފަހުން އެބޯލާ ފެތުރިފައިވަނީ 2019 ވަނަ އަހަރުގައެވެ. އެއީ ޒައިރޭ އެބޯލާ ސްޓްރޭން ބައްޔެވެ. ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ޒައިރް ސްޓްރޭން އަށް ވެކްސިން ދިނުމަށް ހުއްދަ ދީފައިވީ ނަމަވެސް ސޫދާން ސްޓްރޭން އަށް ވެކްސިން ދިނުމުގެ ޓެސްޓް ހެދިފައެއް އަދި މިހާތަނަށް ޔޫގަންޑާގައި ހެދިފައެއް ނުވެ އެވެ.

ޓެގްސް: ޔުގަންޑާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.