ވޯލްޑް ކަޕަށްފަހު ކުޅުން ހުއްޓާލަން ރާވާފައިނުވާކަމަށް ރޮނާލްޑޯ ބުނެފި

ކުޅިވަރު

ވޯލްޑް ކަޕަށްފަހު ކުޅުން ހުއްޓާލަން ރާވާފައިނުވާކަމަށް ރޮނާލްޑޯ ބުނެފި

ޒަހީން ޠާލިބް - ޔޫރަޕް | 26 ސެޕްޓެންބަރ 2022 , ހޯމަ 18:51   326

އުމުރުން 37 އަހަރުގެ ޕޯޗުގަލްގެ ތަރި ބުނީ ގަތަރުގައި ބާއްވާ މުބާރާތަށް ފަހު ޑިސެމްބަރު މަހު ބައިނަލްއަގްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނުވިސްނާ ކަމަށާއި، 2024 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ކުޅެން ރާވާފައިވާ ކަމަށެވެ.

“އަހަރެން އަދިވެސް މިހުރީ މޮޓިވޭޓް ވެފައި އަހަރެންގެ ޝައުގުވެރިކަން ވަރަށް ބޮޑު،” ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ކާމިޔާބީތަކަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ޝުކުރު އަދާކުރުމަށް ފަހު އަންގާރަ ދުވަހުގެ ރޭ ދަންވަރު ބޭއްވި އިވެންޓެއްގައި އޭނާ އެހެން ބުންޏެވެ.

“އަހަރެން މިހުރީ ގިނަ ޒުވާނުންނާއެކު ގައުމީ ޓީމެއްގައި ބޭނުންވަނީ ވޯލްޑް ކަޕްގައި ވެސް އަދި ޔޫރޯގައި ވެސް އުޅެން ، އަޅުގަނޑު މިހާރު އެ ކޮމިޓްމަންޓް ހަދަން ބޭނުން.”އޭނާ އިތުރަށް ބުނިއެވެ.

މިއަހަރުގެ ގަތަރުގައި ބާއްވާ ވޯލްޑްކަޕަކީ އޭނާގެ އެންމެ ފަހު ކަޕް ކަމަށް ރޮނާލްޑޯ ސުވާލު ކުރުމުން ރިޓަޔާ ކުރުމާ ބެހޭ ގޮތުން ދެކެވުނު ވާހަކަތައް ވަނީ ޖަވާބެ ނުދީފައެވެ.

ރޮނާލްޑޯ ވޯލްޑް ކަޕަށް ނުކުންނާނީ ބައިނަލްއަގްވާމީ 117 ގޯލް ޖަހައިގެން ފިރިހެން އޯލް ޓައިމް ރެކޯޑް ހިފައިގެންނެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.