ރޮޖާ ފެޑެރާ އަދި ރަފެލް ނަޑާލް

ކުޅިވަރު

އެންމެ ބޮޑު ވާދަވެރިން، އެންމެ މޮޅު އެކުވެރިން: ރޮޖާ ފެޑެރާ ކެރިއަރު ނިމުމަކަށް

ދާނިޝް - ޔޫރަޕް | 27 ސެޕްޓެންބަރ 2022 , އަންގާރަ 09:17   297

ސްވިޒަލޭންޑްގެ ޓެނިސް މެސްޓްރޯ ރޮޖާ ފެޑެރާގެ ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަށް އައިސްފިއެވެ.

އޭނާގެ ކެރިއަރު ނިމުމަކަށް އައީ އޭނާގެ ދުވަސްވީ އެކުވެރިޔާ އަދި ވާދަވެރިޔާ ރަފައެލް ނަޑާލްއާ އެކު ލެވަރ ކަޕްގައި ކުޅުނު ޑަބަލްސް މެޗާއި އެކުގައެވެ. އޯ2 އެރީނާގައި ފެޑެރާ އާއި ނަޑާލް ޓީމް ވޯލްޑްގެ ފްރާންސިސް ޓިއާފޯ އާއި ޖެކް ސޮކް އަތުން 4-6، 7-6 (7/2)، 11-9 އިން މި މެޗު ކާމިޔާބު ކުރީ ޓިއާފޯ އާއި ޖެކް ސޮކްގެ ޕެއާއެވެ.

މިމެޗަށްފަހު ފެޑެރާ ވަނީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ބައެއް ކަންތައްތައް ހަނދާންކޮށް ވަރަށް ޖަޒުބާތާއި އެކު ވާހަކަދައްކާފައެވެ. އަދި މި ވާހަކަތައް އަޑުއަހަން ކައިރީގައި ހުރި ނަޑާލް ވަނީ ވާދަވެރި އެކުވެރިޔާގެ ހިތާމާގައި ބައިވެރިވެފައެވެ.

ޓެނިސް ލެޖެންޑުން، ފެޑެރާ ނަޑާލް އަދި ޖޮކޮވިޗް އަކީ މިހާތަނަށް ޓެނިސް ކުޅިވަރުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި މަޝްހޫރު ވެފައިވާ 3 ކުޅުންތެރިންނެވެ. ހަމައެހެންމެ މި ތިން ކުޅުންތެރިން ވަނީ ވަރަށް ވާދަވެރި ކުޅުމެއް މިހާތަނަށް އައި އިރު މުޅި ދުނިޔެއަށް ދައްކާފައެވެ.

ރޮޖާ ފެޑެރާ އަކީ ޓެނިސްގެ ތާރީހުގައި 20 ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދި ފުރަތަމަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އެވެ. ހަމައެހެންމެ ޓެނިސްގެ ތާރީހުގައި ވެސް ޓެނިސް ގްރޭންޑް ސްލޭމްސްގައި ރޮޖާ ފެޑެރާ އަށް ވުރެ ގިނަ މެޗުތައް ކާމިޔާބުކުރި ކުޅުންތެރިއެއް ނެތެވެ. އޭނާ ފުރަތަމަ ގްރޭންޑް ސްލޭމް މެއިން ޑްރޯ ކާމިޔާބު ކުރީ 2000 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައެވެ. އޭރު އުމުރުން އެންމެ 18 އަހަރުގައި ފެޑެރާ މުބާރާތް ކާމިޔާބުކުރީ ފްރެންޗް އޯޕަންގެ ކުރީގެ ޗެމްޕިއަން މައިކަލް ޗަންގް އާއި ދެކޮޅަށް ވާދަކޮށްގެންނެވެ. ގްރޭންޑް ސްލޭމް އޭނާ އެންމެ ފަހުން ކާމިޔާބުކެރީ ވިމްބަލްޑަން 2021 ގެ ޕްރީ ކުއާޓާ ފައިނަލްގައި އިޓަލީގެ ލޮރެންޒޯ ސޮނެގޯ އާއި ދެކޮޅަށް ވާދަކޮށްގެންނެވެ.

1999 ވަނަ އަހަރުގެ ފްރެންޗް އޯޕަންގައި ގްރޭންޑް ސްލޭމްގެ މެއިން ޑްރޯގައި ފުރަތަމަ ފަހަރަށް ކުޅެން ފެށިފަހުން ރޮޖާ ފެޑެރާ ވަނީ 81 ގްރޭންޑް ސްލޭމް އިން ފެނިގެން ގޮސްފައެވެ.

އޯޕަން އެރާގައި ގްރޭންޑް ސްލޭމް ފިރިހެން ޓެނިސްގައި އެންމެ ގިނައިން ސެމީ ފައިނަލުގައި ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ވެސް ނިސްބަތްވަނީ މޭޖާސްގެ ގަދަ ހަތަރަކަށް 46 ފަހަރު ދަތުރުކޮށްފައިވާ ރޮޖާ ފެޑެރާ އަށެވެ.

ރޮޖާ ފެޑެރާ ވަނީ ވިމްބަލްޑަން ގްރޭންޑް ސްލޭމްގެ ތަށި 8 ފަހަރެއްގެ މަތިން ކާމިޔާބުކޮށް 2004 އާއި 2008 އާ ދެމެދު .ޖެހިޖެހިގެން ފަސް ޔޫއެސް އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ ފަސް ފަހަރު ވިމްބަލްޑަން ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.

ޓެގްސް: ޓެނިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.