އެތުލެޓިކޯ އަތުން 0-4 އިން މޮޅުވި މެޗުގައި ރޮބާޓޯ ވަނީ މެޗު ނިމެންކައިރިވެފައި އިންއިރު ވެއްޓިގެން ދަނޑުން ގެންނޮސްފަ

ކުޅިވަރު

ސާޖީ ރޮބާޓޯގެ ކޮނޑުހުޅު ނެއްޓި އަނިޔާވެފައިވާކަމަށް ބާސިލޯނާއިން ބުނެފި

ރާނިއާ - ޔޫރަޕް | 25 އޮކްޓޯބަރ 2022 , އަންގާރަ 17:35   180

ސާޖީ ރޮބާޓޯ އާދިއްތަ ދުވަހު އެތުލެޓިކްސްއައި ދެކޮޅަށް ކުޅެފައިވާ މެޗުގައި ވެއްޓި އޭނާގެ ކޮނޑުހުޅު ނެއްޓި އަނެއްކާވެސް އޭނާ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ބެންޗަށް ލެވިފައިވާކަމަށް، އޭނާގެ ޓީމު، އެފްސީ ބާސެލޯނާ އިން ވަނީ ހޯމަ ދުވަހު ޔަގީންކޮށްދީފައެވެ.

ހޯމަ ދުވަހު ޓެސްޓުތައް ހެދުމަށްފަހު އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ މިންވަރު ކަށްވަރުކޮށްދިނެވެ. އަދި ރޮބާޓޯއަށް މަދުވެގެން ފަސް މެޗު ނުކުޅެވޭނެކަމަށް ވެސް ބުނެފައިވެއެވެ. ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅޭ މެޗާއި، ލަ ލީގާގައި ވިކްޓޯރިއާ ޕްލެޒެންއައި ދެކޮޅަށް ކުޅޭ މެޗުތައް މީގައި ހިމެނިގެން ވެއެވެ.

ރޮބާޓޯ އާއި އެކު، ޑިފެންޑަރުން ކަމަށްވާ އެންޑްރިއަސް ކްރިސްޓެންސަންއާއި، ރޮނާލްޑް އަރާޔޯގެ އިތުރުން ފޯވާޑް މެމްފަސް ޑެޕައިވެސް އަނިޔާތަކައި ގުޅިގެން ނުކުޅެވޭ ކުޅުންތެރިންގެ ލިސްޓުގައި ހިމެނެއެވެ.

ކުއްލި ރިޕޯޓްތަކުން ދައްކާ ގޮތުގައި ވޯލްޑް ކަޕްގެ ކުރިން ރޮބާޓޯ އެނބުރި ނާންނާނެ ކަމަށާއި، ޑިސެމްބަރުމަހު ފަހުކޮޅު ލަ ލީގާގެ ކުރިން ރޮބާޓޯ ރަނގަޅުނުވެދާނެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.