ނޭމާ، ބްރެޒިލްގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއް، އޭނާ ކުޅެނީ ފަރަންސޭސި ލިގުގައި ޕީއެޖީއަށް، އަދi ބްރެޒިލްގެ ގައުމީ ޓީމަށް ފޯވާޑެއްގެ ގޮތުގައި

ކުޅިވަރު

ނޭމާ، ޤައުމެއްގެ ބުރަދަން ކޮނޑަށް ލައިގެން ތައްޔާރަށް

ރާނިއާ - އެމެރިކާ | 12 ނޮވެންބަރު 2022 , ހޮނިހިރު 09:03   160

ކުރީގެ ވޯލްޑް ކަޕްތަކުގައި ދިމާވެފައިވާ މާޔޫސްކަމުން އަރައިގަތުމަށް ނޭމާ ވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ބްރެޒިލް ލީޑް ކުރުމަށް 'އެންމެ ރަނގަޅު ޙާލަތުގައި' ހުރުމަށް ގިނަ ދުވަސްތަކެއް ކުރިން ތައްްޔާރުވާން ފަށާފައެވެ.

މިހާރު އުމުރުން 30 އަހަރުގެ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް 2017 ވަނަ އަހަރު ބާސެލޯނާ އިން ޕެރިސް ސެއިންޓް ޖާމައިންއާ ގުޅުނު ފަހުން ގިނަ އަނިޔާތަކުގެ ސަބަބުން ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ނޭމާ ބާސެލޯނާއިން ޕެރިސް ސޭންޓް ޖާމައިންއަށް ބަދަލުވެފައިވަނީ 222 މިލިއަން ޔޫރޯގެ ރެކޯޑް އަދަދަށެވެ.

އެންމެ މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅުމުގެ ޑިމާންޑްތަކާ ކުރިމަތިލާން ޖެހުމަކީ އުނދަގު ކަމަކަށް ވުމުން، ގަތަރަކީ އޭނާގެ އެންމެ ފަހު ފައިނަލް އަށް ވެދާނެ ކަމަށް ނޭމާ ވަނީ ވަރަށް ފަހުން އިޝާރާތް ކޮށްފައެވެ.

ނަމަވެސް މި ސީޒަނުގެ ފުރަތަމަ ތިން މަސް ދުވަހު އޭނާގެ ފޯމާއި އޭނާގެ ވިސްނުން ހުރި ގޮތަކީ، ބްރެޒިލްގެ ރެކޯޑުގައި ހަ ވަނަ ވޯލްޑް ކަޕް ތަށި ހޯދުމަށް ކުރާ މަސައްކަތުގެ ރަނގަޅު ނިޝާނެކެވެ.

ޕްރީ ސީޒަން ޓްރެއިނިން ފެށުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ރިޕޯޓުކުރުމަށް ފަހު ނޭމާ ވަނީ ފްރާންސްގެ ކެމްޕޭން ފެށުނުއިރު ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ނޭމާ ވަނީ ޕީއެސްޖީއަށް މިހާތަނަށް ކުޅުނު 19 މެޗުގައި 15 ގޯލު ޖަހައިފައެވެ. ހަމަ އެހެންމެ ލިއޮނަލް މެސީ އާއި ކިލިއަން އެމްބާޕޭ ފަދަ ކުޅުންތެރިންނާއި އެއްފަދައިން އެސިސްޓްތަކެއް ވެސް ނޭމާގެ ފަރާތުން މިސީޒަނުގައި ވަނީ ފެނިފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.