ލިއޯ މެސީ، އަކީ އާޖެންޓީނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއް

ކުޅިވަރު

މެސީ ލަނޑެއް ޖަހައި، ފީފާ ވޯލްޑް ކަޕް 2022 ގައި އޮސްޓްރޭލިއާ އަތުން 1-2 އިން އާޖެންޓީނާ މޮޅުވެއްޖެ

ރާނިއާ - މެދުއިރުމަތި | 5 ޑިސެންބަރު 2022 , ހޯމަ 09:21   118

ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި ލިއޮނަލް މެސީ އޭނާގެ 1000 ވަނަ ޕްރޮފެޝަނަލް މެޗު ފާހަގަކޮށް، ރޭގައި އޮސްޓްރޭލިއާއި ދެކޮޅަށް ކުޅެފައިވާ މެޗުން 1-2 އިން މޮޅުވެ ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގާއި އާޖެންޓީނާގެ ޖާގަ ކަށަވަރު ކުރިއެވެ.

މެޗުގެ 34 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ މަޝްހޫރު ވައަތުފައިގެ ޖާދޫއާއި އެކު މިއަހަރު ވޯލްޑް ކަޕްގައި އޭނާގެ ތިންވަނަ ލަނޑާއި އެކު އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. މެސީ ވަނީ ޖުމްލަކޮށް ވޯލްޑް ކަޕްގައި 9 ލަނޑު ޖަހާފައި، މިއީ މެރަޑޯނާއަށް ވުރެ އެއް ގޯލް އިތުރު ކަމަށްވެސް ފާހަގަކޮށްލެވެއެވެ.

އޮސްޓްރޭލިއާގެ ކީޕަރު މެތިއު ރަޔަންގެ ހެވީ ޓާޗެއްގައި ޖޫލިއަން އަލްވާރޭޒް ހިފައި ދެވަނަ ގޯލު ހުސް ގޯލަކަށް ޖަހައި އާޖެންޓީނާއިން ކުއާޓާ ފައިނަލުގައި ނެދަލެންޑްސްއާއި ދެކޮޅަށް ބައްދަލުވުން ގާއިމްކުރިއެވެ.

މެޗުގެ 77 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ތަސައްލީ ލަނޑެއް ޖެހިފައިވަނީ އާޖެންޓީނާގެ އެންޒޯ ފަނޭންޑެޒް ގައިގަ ކްރޭގް ގުޑްވިން ފޮނުވި ހަމަލާއެއް ޖެހި ބޯލަ ބައިކޮޅަށް ޖެހުމުންނެވެ.

މިއީ އޮސްޓްރޭލިއާއިން ނޮކްއައުޓް ސްޓޭޖާއި ހަމައަށްވެސް ގޮސްފައިވާ 2 ވަނަ ފަހަރަށް ވުމާއެކު، އޮސްޓްރޭލިއާގެ ކުޅުންތެރިން ވަނީ އެމީހުން ހީކުރި ވަރަށް ވުރެ ކުރިއަށް މި ވޯލްޑް ކަޕްގައި ގޮސްފައެވެ.

ފަހަރެއްގައި މިއީ ގްރޫޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވި ސިއްސުވާލާފަދަ ބަލިން ފުރިހަމައަށް ރަނގަޅުވެ ޖެހިޖެހިގެން ތިން މެޗުން މޮޅުވެފައިވާ އާޖެންޓީނާގެ ނަސީބު ކަމަށް ވެސް ވެދާނެއެވެ.

މެސީއަށް ބަލާއިރު، އޭނާގެ ކެރިއަރުގައި މިހާރު 789 ގޯލް ޖެހިފައިވާއިރު، ޑިސެމްބަރު 18 ވަނަ ދުވަހު ވެސް އޭނާ ފެނިގެންދާނެ އެންމެ ފަހު ވޯލްޑް ކަޕްގައި ތަށި ހޯދުމަށް އޭނާ ގަދައަޅާއި މަސައްކަތް ކުރާނެ ކަންވެސް ޔަގީނެވެ.

ޓެގްސް: އާޖެންޓީނާ ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.