ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭއަށް ޝަރަފުވެރިކަން ދިނުމުގެ ގޮތުން ބްރެޒިލް ޓީމުގެ މެމްބަރުން ބޮޑު ބެނާއެއް ހިފައިގެން

ކުޅިވަރު

ބްރެޒިލް، ވޯލްޑް ކަޕްގައި ރޭ ކުޅެފައިވާ މެޗުގެ ކާމިޔާބީ ހާއްސަކުރީ ލެޖެންޑް ޕޭލޭއަށް

ރާނިއާ - މެދުއިރުމަތި | 6 ޑިސެންބަރު 2022 , އަންގާރަ 11:14   155

ބްރެޒިލްގެ ވޯލްޑް ކަޕް ޓީމުން ދެކުނު ކޮރެއާ އަތުން 1-4 އިން މޮޅުވެފައިވާ މެޗު ހާއްސަކުރަނީ ސައޯ ޕައުލޫ ހޮސްޕިޓަލުގައި ނޭވާލާ ނިޒާމުގެ އިންފެކްޝަނެއްގެ އިތުރުން ބޮޑު ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ޕޭލޭ އަށެވެ.

ގަތަރުގެ ދޯހާގެ ސްޓޭޑިއަމް 974 ގައި ހޯމަ ދުވަހު ދެކުނު ކޮރެއާއަައި ދެކޮޅަށް ކުޅުނު މެޗަށް ފަހު ބްރެޒިލްގެ ކުޅުންތެރިން ވަނީ ޕޭލޭގެ ނަމާއި އޭނާގެ ފިޓްބޯޅަ ޕްރައިމްގައި ހުރި އިރުގެ ފޮޓޯއެއް ޖަހާފައިވާ ބޮޑު ބޭނަރެއް އުފުލާފައެވެ. މި މެޗުގައި 1-4 އިން މޮޅުވެ ބްރެޒިލް އިން ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އެމީހުންގެ ޖާގަ ޔަގީންކޮށްފައެވެ.

ސްޓޭންޑްގައި ތިބި ބްރެޒިލްގެ ސަޕޯޓަރުންވެސް ވަނީ ހުރިހާ ޒަމާނަކަށް ބަލާއިރު ވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި ބްރެޒިލް ވޯލްޑް ކަޕް ކާމިޔާބު ކުރި 5 އަހަރުގެ ތެރެއިން 3 އަހަރު ބްރެޒިލް ޓީމުގައި ކުޅެފައިވާ ޕޭލޭއަށް 'ގެޓް ވެލް ސޫން' މެސެޖުގެ ބޮޑެތި ބޭނާތައް ދައްކާފައެވެ.

“މިވަގުތު ޕެލޭއަށް ކުރިމަތިވެފައިވާ ކަންކަމުގެ ވާހަކަ ދައްކަން އުނދަގޫ ނަމަވެސް އަހަރެން އޭނާއަށް ހެޔޮއެދުންތައް އެދެން،” މެޗަށްފަހު ބްރެޒިލްގެ ތަރި ކުޅުންތެރިޔާ ނޭމާ ބުންޏެވެ.

“އަހަރެން އުންމީދު ކުރަނީ ވީހާވެސް އަވަހަކަށް އޭނާގެ ސިއްހަތު ރަނގަޅުވާނެ ކަމަށާއި އެންމެ ކުޑަމިނުން ކާމިޔާބީއާއެކު އޭނާއަށް ހިތްހަމަޖެހުން ލިބިދާނެ ކަމަށް،”ބްރެޒިލްގެ މީޑިއާ ގްލޯބޯ އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުންޏެވެ.

ހޯމަ ދުވަހު ދެކުނު ކޮރެއާއައި ދެކޮޅަށް ކުޅުނު މެޗުގެ އެންމެ 7 މިނެޓަށް ފަހު ބްރެޒިލްގެ ވިނިޝިއަސް ޖޫނިއާ ގޯލް ހުޅުވާލިއިރު، ޕެނަލްޓީއިންން އިތުރު ލަނޑެއް ޖަހައި ނޭމާ ވަނީ އޭނާގެ ގައުމަށް ޖަހާއިދީފައިވާ ގޯލުތަކުގެ އަދަދު 76 އަށް އަރުވާފައެވެ.

ދެކުނު ކޮރެއާ އަތުން ހޯދި މޮޅު ވިނިޝިއަސް ޖޫނިއާ ޚާއްސަކުރީ ޕޭލޭ އަށެވެ. “އޭނާއަށް އަހަރެމެންގެ ފަރާތުން ވަރަށް ބޮޑު ބާރެއް ބޭނުންވޭ މި ކާމިޔާބީއަކީ އޭނާއަށް. މި ހާލަތުން އޭނާއަށް ނިކުމެވޭނެ، އަހަރެމެންނަށް އޭނާއަށްޓަކައި ޗެމްޕިއަނުންނަށް ވާނަން،”ވިނިޝިއަސް ބުންޏެވެ.

ޓެގްސް: ބްރެޒިލް ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.