އިންގިރޭސިވިލާތު ޓިމުގެ މާކަސް ރަޝްފޯޑާއި ފްރާންސްގެ ކިލިއަން އެމްބާޕޭ

ކުޅިވަރު

ފީފާ ވޯލްޑް ކަޕް 2022 : ގްރޫޕް ސްޓޭޖުގައި އެންމެ އަސަރުގަދަ 3 ކުޅުންތެރިން

ރާނިއާ - މެދުއިރުމަތި | 6 ޑިސެންބަރު 2022 , އަންގާރަ 14:42   240

ފީފާ ވޯލްޑް ކަޕް 2022 ގައި ވަނީ ފޯރިގަދަ ގިނަ މެޗުތައް ކުޅެފައެވެ. ޖަޕާނާއި ދެކުނު ކޮރެއާއި ބައްދަލުކުރި މެޗަކީވެސް ބަލަން ފޯރި ހުރި މެޗެކެވެ. ދެކުނު ކޮރެއާ އަތުން ޕޯޗުގަލް ބަލިވި ތަނާއި، ޖަޕާން އަތުން ޖަރުމަނު ބަލިވި ތަންވެސް އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ. މި ދެ މެޗުގައި ވެސް މޮޅުވި ގޯލު ޖަހާފައި ވަނީ މެޗުގެ އެންމެ ފަހު މިނެޓުތަކުގައެވެ. އަދި ގިނަ އަސަރުގަދަ ކުޅުންތެރިންވެސް އަޅުގަނޑުމެންނަށް ވަނީ މި ވޯލްޑް ކަޕުން ފެނިގެން ގޮސްފައެވެ. މާކަސް ރަޝްފޯޑް އީރާނާއި ދެކޮޅަށް ކުޅެފައިވާ މެޗުގައި ދެއްކި ކުޅުން އެހާމެ މޮޅެވެ. ކިލިއަން އެމްބާޕޭ ވަނީ ފްރާންސް ޓީމު ކުޅޭ ގޮތް މުޅިން ބަދަލުކޮށްފައެވެ. ރިޝާލިސަންގެ ހާޒިރީ ވަނީ ބްރެޒިލްއަށް ވެސް ރަނގަޅު އަސަރުތައް ކޮށްފައެވެ.

ފީފާ ވޯލްކަޕް 2022 ގައި ބްރެޒިލްގެ ފޯވާޑް ރިޝާލިސަން

ރިޗާލިސަން، އަކީ ޕްރިމިއާ ލީގުގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އާއި ބްރެޒިލްގެ ގައުމީ ޓީމަށް ފޯވާޑެއްގެ ގޮތުގައި ކުޅޭ ބްރެޒިލްގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއް

ބްރެޒިލްގެ ޓީމަށް ކުޅެން ފުރުސަތު ލިބުމުން ރިޝާލްސަން ވަނީ ހުރިހާ ގޮތަކަށްވެސް ވަރަށް ފޯރިގަދަވެފައެވެ. ޓޮޓެންހަމްގެ ފޯވާޑް އެ ކްލަބުގައި އޭނާގެ ޓީމުގެ ކުޅުންތެރިޔާ ހެރީ ކޭންގެ ފަރާތުން ނޯޓުތައް ނަގާފައިވާ ކަހަލައެވެ. ރިޝާލިސަން ވަނީ ސްޓްރައިކް ފޯހަކަށް ބަދަލުވެފައެވެ. އޭނާ އަކީ ޑިފެންޑަރުންނަށް ހުރި ބިރަކަށް ވާއި،ރު ފުރަތަމަ މެޗުގައި އޭނާ ކާމިޔާބު ކޮޢށްފައިވާ ދެގޯލަކީ އޭނާގެ ކުޅުން ރަނގަޅު ކަމުގެ ހެއްކެކެވެ. ސާބިއާއިއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖެހި ދެވަނަ ސްޓްރައިކަކީ ޒަމާންތަކެއް ވަންދެން އޭގެ ވާހަކަ ދެކެވޭން ސްޓްރައިކެކެވެ. ގިނަ ތަޙުލީލުކުރާ ފަރާތްތަކުން އޭނާގެ ޕާފޯމަންސް އަޅާކިޔައިފައިވަނީ އާރް9ގެ ކުޅުމާއެވެ.

ފްރާންސްގެ ކިލިއަން އެމްބާޕޭ

ކިލިއަން އެމްބާޕޭ އަކީ ޕްރިމިއާ ލީގް ކްލަބް ޕެރިސް ސެއިންޓް ޖާމައިން އަދި ފްރާންސްގެ ގައުމީ ޓީމުގައި ފޯވާޑެއްގެ ގޮތުގައި ކުޅޭ ފްރާންސްގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔެއް

ކިލިއަން އެމްބާޕޭ އަކީ އަބަދުވެސް އަސަރު ގަދަ ކުޅުންތެރިއެއް ކަމުގައި ވިޔަސް މމިފަހަރު ފްރާންސްގެ ޓީމު ތިބީ ކިލިއަން އަށް ވަރަށް ބޮޑަށް ބަރޯސާވެގެންނެވެ. ޕޮގްބާ އާއި ކާންޓޭ ފަދަ ވަރުގަދަ ޝަހުސިއްޔަތުތައް ނެތް ފްރާންސް ޓީމުގ ލީޑަޝިޕްގެ ދައުރު އަދާކޮށްފައި ވަނީ ކިލިއަން އެވެ. އޭނާ އައިސްފައި ވަނީ ދަނޑުގައި ވެރިކުރަން ކަން އޭނާގެ ހާޒިރީއިން އެކަނިވެސް އުހުސާސް ކުރެވެއެވެ. އޭނާ އަކީ ވޯލްޑް ކަޕްގައި ފްރާންސްއަށް ހުއްޓުމެއް ނެތް ބާރެކެވެ. އޮލިވިއާ ޖިރޫޑާއި ގުޅިގެން އޭނާ އަންނަނީ އިދިކޮޅު ޓީމުގެ ޑިފެންސް އަށް އުނދަގޫ ކުރަމުންނެވެ. އިތުރަށް ޑެމްބެލޭގެ ކުޅަދާނަކަން އިތުރުކޮށްލުމުން ފްރާންސްގެ ހަމަލާ ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ފެނެ އެވެ.

އިނނގިޭސިވިލާތު ޓީމުގެ މާކަސްް ރަޝްފޯޑް

މާކަސް ރަޝްފޯޑް އަކީ އޭނާ އަކީ ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑް ގައުމީ ޓީމަށް ފޯވާޑެއްގެ ގޮތުގައި ކުޅޭ އިނގިރޭސި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއް

މާކަސް ރަޝްފޯޑް އަކީ އަބަދުވެސް އިންތިހާއަށް ގާބިލްކަން ހުރި ކުޅުންތެރިއެކެވެ. ނަމަވެސް މި ގާބިލްކަން ވަނީ އެންމެ ފަހަކަށް އެންމެ މުހިންމު ވަގުތުގާއި ވެސް ފެނިގެން ގޮސްފައެވެ. އީރާނާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ދެއްކި ކުޅުން މޮޅު ކަމުން އޭނާ ވަނީ ދެން އިނގިރޭސިވިލާތު ކުޅެފައިވާ މެޗު ފައްޓާފައެވެ. މެޗުގެ އެންމެ ފަހު 10 މިނެޓުން ފެށިގެން ދެން އޮތް މެޗު ފެށުމާއި ޖެހެންދެން ވެސް ރަޝްފޯޑް ވަނީ ނަމޫނާ ކުޅުމެއް ދައްކާފައެވެ. އޭނާގެ ފްރީ ކިކަކީ ބެލުންތެރިންގެ ޝައުގުވެރް ދަމާއިގަންނަ ފަދަ އެއްޗެކެވެ. ރަޝްފޯޑް ވަނީ އޭނާގެ ސްޕީޑާއި ހުނަރުގެ ބޭނުން ހިފައިގެން ޑިފެންޑަރުން ފަހަނައަޅައި ގޮސްފައެވެ. އޭނާ ދިގގުކޮށް ހުރުމަަކީީ އޭރިއަލްް ޑުއަލްތަކުގައި ވެސް އޭނާއަށް ލިބިފައިވާ ކުރިއެރުމެކެވެ.

ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.