ބްރެޒިލް އަދި ކްރޮއޭޝިއާ ކުޅުނު މެޗު ނިމުނީ ޕެނަލްޓީ ޖަހައި ކްރޮއޭޝިއާ މޮޅުވެގެން

ކުޅިވަރު

ވޯލްޑްކަޕް - ވަރުގަދަ ބްރެޒިލް މުބާރާތަށް އަލްވަދާއު ކިޔައިފި

އަލީ އަޒްޔަން - ދުނިޔެ | 9 ޑިސެންބަރު 2022 , ހުކުރު 23:02   238

ޤަޠަރުގެ ދޯހާގައި ކުރިއަށްދާ ވޯލްޑްކަޕް 2022 ގައި ކުއަރޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި، ކްރޮއޭޝިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗުން ބަލިވެ ބްރެޒިލް މުބާރާތަށް އަލަވަދާޢު ކިޔަން ޖެހިއްޖެއެވެ.

މިމެޗުގައި ފުރަތަމަ ގޯލު ޖެހީ ބްރެޒީލުންނެވެ. ނަމަަވެސް، އިތުރު ވަޤުތުގެ ކުޅުން ނިމެން ކައިރިވެފައި އޮތްވާ ކްރޮއޭޝިއާއިން ގޯލެއް ޖަހައި އެއްވަރުކުރުމުން ޕެނަލްޓީ ޖަހަން ޖެހުނެވެ. ބްރެިޒިލް ޓީމުން ނޭމާ ޖެހި ފުރަތަމަ ޕެނަލްޓީ ވަނީ ކްރޮއޭޝިއާގެ ކީޕަރު މަތަކޮށްފައެވެ. ޕެނަލްޓީގެ ހުރިހާ ގޯލެއް ކާމިޔާބުކޮށް ކްރޮއޭޝިއާ އިން ވަނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ.

އެހެންކަމުން ކްރޮއޭޝިއާ ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލުގައި ކްރޮއޭޝިއާ ބައްދަލުކުރާނީ އާޖެންޓީނާ އާއި ނެދާލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއިއެވެ.

ޓެގްސް: ބްރެޒިލް ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.