މި ވޯލްޑް ކަޕް މުބާރާތުގައި ކްރިސްޓިއާނޯ ރޮނާޑޯ ކުޅުމަށްވުރެ ބޮޑަށް އެއްފަރާތުގައި އިނދެ ބަލަން މަޖުބޫރުވި

ކުޅިވަރު

ރޮނާޑޯ، އެންމެ ފަހު ވޯލްޑްކަޕަށް އަލްވަދާޢު ކިޔަންޖެހުނީ ނޮކްއައުޓްގައި ލަނޑެއް ނުޖެހި

ރާނިއާ - މެދުއިރުމަތި | 11 ޑިސެންބަރު 2022 , އާދީއްތަ 15:02   108

ކްރިސްޓިއާނޯ ރޮނާޑޯ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް އައީ ޕޯޗުގަލްއަށް ތަށި ހޯދައިދިނުމާއި އެކު އަމިއްލަ ރެކޯޑްތައްވެސް މުގުރާލުމުގެ ނިޔަތުގައެވެ. އުމުރުން 37 އަހަރުގެ ރޮނާޑޯ ކެމްޕޭން ފެށީ 65 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލަނޑު ޖަހައިގެން، ބައިނަލްއަގްވާމީ 118 ވަނަ ގޯލުން ގާނާ އަތުން 2-3 އިން މޮޅުވި މެޗުގައި ފަސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައެވެ.

ކްރިސްޓިއާނޯ ރޮނާޑޯ އަކީ ކްލަބާއި ގައުމަށް ލަނޑު ޖަހާ މެޝިނަކަށް ވިނަމަވެސް ޕޯޗުގަލްއަށް އޭނާ އެންމެ ބޭނުންވި ވަގުތު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާގެ ފަރާތުން އެހީއެއް ޕޯޗުގަލްގެ ޓީމަށް ލިބިފައި ނުވެއެވެ. އޭނާ ވޯލްޑް ކަޕެއްގައި ޕޯޗުގަލްއަށް ކުޅުނު 22 ވަނަ މެޗުގައި އަލް ތުމާމާ ސްޓޭޑިއަމްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ބެންޗުން ފައިބައިގެން މެޗުގައި ބައިވެރިވެފައި ވަނީ 51 ވަނަ މިނެޓުގަ އެވެ.

އެޓްލާސް ލަޔަންސް އަތުން 0-1 އިން ޕޯޗުގަލް ބަލިވަމުން އައި އިރު، މުބާރާތުގައި ޕޯޗުގަލްގެގެ މުސްތަގުބަލު ކަނޑައަޅާނެ މުހިއްމު މެޗެއްގައި ރޮނާޑޯގެ އެހީތެރިކަމަށް ޓީމުން ތިބީ ބޭނުން ޖެހިފައެވެ. ރިއަލް މެޑްރިޑްގެ ކުރީގެ އޭސް އަށް ސްޓޮޕް ޓައިމްގައި މެޗު އެއްވަރު ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް ކީޕަރު ބޫނޫ އެ ފުރުސަތައް ހުރަސް އަޅައި ގޯލުގެ މެދުތެރެއިން ސޭވް ކުރިއެވެ. ޕޯޗުގަލްގެ ކުޅުންތެރިޔާ ބޮކްސް އާއި ހަމަޔަށް ބޯލް ގެންދިޔަ ކަމުގައި ވިނަމަވެސް ޕްލޭސްމެންޓް ނެތުމާއި އެކު ގޯލު ކާމިޔާބުވެފައެއް ނުވެއެވެ.

މިއީ ޕޯޗުގަލްއާއި އެކު ކްރިސްޓިއާނޯ ރޮނާޑޯ ނޮކްއައުޓް ސްޓޭޖަށް ގޮސްފައިވި އަށް ވަނަ ފަހަރު ކަމަށް ވުމުއާއި އެކު، އޮޕްޓާޖޯއިން ބުނެފައިވާ ގޮތުގައި 2006 ވަނަ އަހަރުގައި ރޮނާޑޯ ކުޅުނު އެންމެ ފުރަތަމަ މެޗުން ފެނިގެން އޭނާ ވަނީ ނޮކްއައުޓް ސްޓޭޖްތަކުގައި ޖުމްލަ 27 ގޯލު ކާމިޔާބުކޮށްފައެވެ.

ރޮނާޑޯ ވަނީ ޖަރުމަނު، ނެދަލެންޑްސް، އިންގްލެންޑް، ފްރާންސް، ސްޕެއިން، މޮރޮކޯ، އުރުގުއޭ އަދި ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުތަކުގައިވެސް ލަނޑެއް ކާމިޔާބު ކުރުމަށް ނާކާމިޔާބުވެފައެވެ. ރޮނާޑޯ ވަނީ ނޮކްއައުޓް ސްޓޭޖުގެ ދެ މެޗުގައި ޖެހިޖެހިގެން ބެންޗް ކުރެވިފައި ކަމަށްވެސް ފާހަގަކޮށްލެވެއެވެ.

މިއީ ކްރިސްޓިއާނޯ ރޮނާޑޯގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ޔަގީންވެފައި ނުވި ނަމަވެސް ޕޯޗުގަލް ކުޅުންތެރިޔާ ވަނީ ސެޕްޓެމްބަރު މަހު ކުރީކޮޅު އަދި 2026 ވަނަ އަހަރުވެސް ކުޅެން ހިތްވަރު އެބައިން ކަމަށް ބުނެފައެވެ. އަދި ޕިއާސް މޯގަން އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ބުނީ އުމުރުން 40 އަހަރު ވަންދެން އެންމެ މަތީ ފެންވަރުގައި ކުޅެން ބޭނުންވާ ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓުން އެންމެ ފަހު ފަހަރަށް އޭނާ އަދި ފެނިދާނެ ކަމުގެ އުންމީދު އެބައޮތެވެ.

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް ޕޯޗުގަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.