ފްރާންސުނq ދެވަނަ ގޯލު ޖެހުމަށްފަހު ފްރާންސްގެ އޮލިވިއާ ޖިރޫޑް އުފާފާޅުކުރަނީ

ކުޅިވަރު

އިނގިރޭސިން ބަލިކޮށް ފްރާންސް ވޯލްޑްކަޕް ސެމީ ފައިނަލަށް

ރާނިއާ - މެދުއިރުމަތި | 11 ޑިސެންބަރު 2022 , އާދީއްތަ 12:26   234

ކިލިއަން އެމްބާޕޭއާއި ފްރާންސް ގައުމީ ޓީމު ސެމީ ފައިނަލަށް ގޮސްފައިވަނީ އިނގިރޭސިވިލާތާއި ދެކޮޅަށް ރޭ ކުޅުނު މެޗުން 1-2 އިން މޮޅުވުމަށް ފަހުއެވެ.

އަލް ބައިތް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 78 ވަނަ މިނެޓުގާއި އޮލިވާ ޖިރޫޑް ލަނޑެއް ޖަހައި، 1962 ގައި ބްރެޒިލް އަށް ފަހަ ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ޓީމަށް ވުމުގެ މަގަށް ފްރާންސް އަރުވައިދިނެވެ.

ޖިރޫޑް ބޮލުން ޖެހި ހަމަލާ އިންގިރޭސިވިލާތުގެ ޑިފެންޑަރު ހެރީ މެގިއާ ގައިގައި ޖެހި ގޯލްކީޕަރުގެ ފަހަތަށް ގޯލަށް ވަނުމާއި އެކު ޖިރޫޑް ވަނީ އުފަލުން ދުވެފައެވެ.

ހަމައެހެންމެ މެޗުގެ ފަހުކޮޅު އިންގިރޭސިވިލާތުގެ ފޯވާޑް ހެރީ ކޭން އަށް ނަތީޖާ ހަމަހަމަ ކުރުމުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ވަނީ ގޯލުގެ ހުރަސް ދަނޑިމަތިން ޕެނަލްޓީ ފޮނުވާލާފައެވެ.

މއީ މެޗުގައި ކޭން ޖަހާފައިވާ ދެވަނަ ސްޕޮޓް ކިކެވެ. ކޭން ވަނީ މީގެ ކުރިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ 17 ވަނަ މިނެޓުގައި އަހުމޭލިއަން ޗުއަމެނީ ޖެހި ގޯލަށް ފަހު ދެފަރާތުގެ ސްކޯ އެއްވަރުކޮށް ދީފައެވެ.

ސެމީ ފައިނަލުގައި ފްރާންސް ދެން ބައްދަލުކުރާނީ ބުދަ ދުވަހު މޮރޮކޯއާއި އެވެ. ޕޯޗުގަލް އަތުން 0-1 އިން މޮޅުވެ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޓީމަށް މޮރޮކޯ ވަނީ ވެފައެވެ.

މެޗު 1-1 ގައި އޮތްއިރު އިންގިރޭސިވިލާތުގެ ކުޅުމުން ފެންނަމުން އައީ އެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތު ބޮޑު ގޮތަކަށެވެ. އެހެންކަމުން އޮންޓޯން ގްރިޒްމަންގެ ހުރަހަކާ ގުޅިގެން ފްރާންސްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް 53 ގޯލަށް އިތުރުކޮށް ދީފައިވަނީ ޖިރޫޑް އެވެ.

އެމްބާޕޭ އަށް އުފާފާޅުކުރަން އަމިއްލަ ލަނޑެއް ނުޖެހުނު ނަމަވެސް ކޭން އަށް ލިބުނު ޕެނަލްޓީ ގެއްލުމުން އޭނާ ވަނީ ޝައުގުވެރިކަމާއެކު އުފާފާޅުކޮށްފައެވެ. މިވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް 5 ގޯލާއި އެކު އެމްބާޕޭ ވެފައިވާއިރު މިއީ ޖިރޫޑް އާއި މެސީއަށް ވުރެ އެއް ގޯލް އިތުރަށް ކަމަށްވެސް ފާހަގަ ކޮށްލެވެއެވެ.

ޓެގްސް: ވޯލްޑްކަޕް ފްރާންސް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.