ސެމީ ފައިނަލް މެޗުތައް ކުރިއަށް ދާނީ ޑިސެމްބަރު މަހު 14، އަދި 15 ދެދުވަހު

ކުޅިވަރު

ވޯލްޑް ކަޕްގެ ސެމީ ފައިނަލާއި ބެހޭ ގޮތުން އިނގެން ޖެހޭ ހުރިހާ މައުލޫމާތެއް

ރާނިއާ - މެދުއިރުމަތި | 12 ޑިސެންބަރު 2022 , ހޯމަ 09:37   281

2022 ވަނަ އަހަރުގައި ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ނިމިފައި ވާއިރު އަޖައިބުވަނިވި އެތައް ކަމެއް ވަނީ ވެފައެވެ.

ސްޕެއިންއާއި ޕޯޗުގަލްއާއި ދެ ޓީމު ހީނުކުރާ ގޮތަކަށް ބަލިކޮށް މޮރޮކޯއިން ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގާއި އެމީހުންގެ ޖާގަ ކަށަވަރުކޮށްފައެވެ. ގިނަ ބަޔަކު މިފަހަރުގެ ވޯލްޑް ކަޕް ތަށި ނެގުން ހައްގު ފަރާތް ކަމަށް ގަބޫލުކުރި ބްރެޒިލް ވެސް ވަނީ ކްރޮއޭޝިއާއައި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ވޯލްޑް ކަޕުން އަލްވަދާއު ކިޔާފައެވެ. ބާކީ އޮތް ހަތަރު ޓީމުގެ ތެރެއިން އާޖެންޓީނާއާއި ފްރާންސް އަކީ ސާފުކޮށް ފޭވްރިޓްތައް ކަމުގައި ވިނަމަވެސް ކްރޮއޭޝިއާއިން އަންނަނީ 2018 ވަނަ އަހަރުގައި ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި ލިބުނު ބަލިއަށް ބަދަލު ހިފުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި ތިރީގައި މިވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ގޮސްފައިވާ ޓީމްތަކާއި ބެހޭ ކުރު ހުލާސާއަކެވެ.

ފްރާންސް ގައުމީ ޓީމް

ގިނަ ބަޔަކު ގަބޫލު ކުރި ގޮތުގައި ފްރާންސްގެ ތަރި ގިނަ ކުޅުންތެރިންތަކަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ލައިންއަޕް އިން މަދު ވުމަކީ އެޓީމަށް މުބާރާތުގައި ކާމިޔާބީ ހޯދުމުގެ ފުރުސަތު ކުޑަ ކޮށްދޭ ކަމެކެވެ.

ކަރީމް ބެންޒެމާ، ޕޯލް ޕޮގްބާ، އެންގޯލޯ ކާންޓޭ، ޕްރެޒްނަލް ކިމްޕެމްބޭ އަދި މައިކް މިންޔޯން އަދި ކްރިސްޓަފަރ އެންކުންކޫ ފަދަ ކުޅުންތެރިންނާއި ނުލައި ފްރާންސް ވޯލްޑް ކަޕްގެ މިހާ ހިސާބަށް އަންނާނެ ކަމަށް ގިނަ މީހުން އުންމީދު ނުކުރައެވެ.

ނަމަވެސް ކިލިއަން އެމްބާޕޭ އާއި އޮލިވިއާ ޖިރޫޑް ވަނީ ޖެހިޖެހިގެން ދެމެޗުގައި ފްރާންސް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ޖާގަ އެބައޮތްކަން ދައްކާފައެވެ.

އާޖެންޓީނާ ގައުމީ ޓީމު

ދެވަނަ ފޭވަރިޓެއްގެ ގޮތުގައި އާޖެންޓީނާ އަންނަނީ ލިއޮނަލް މެސީގެ މޮޅު ލީޑަޝިޕްގެ ދަށުން އަށް އަހަރަށް ފަހު އެ ޓީމުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ޖަރުމަނުން ބަލިވުމުން ބަދަލު ހިފުމުގެ މަސައްކަތް ކުރަމުންނެވެ.

ލަޔަނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އަންނަނީ ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި، އަދި އާޖެންޓީނާ ކުޅެފައިވާ 41 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

އާޖެންޓީނާ އިން 36 މެޗުން ބަލިނުވެ އޮތް ސިލްސިލާއެއް މުބާރާތް ފެށުނުއިރު ސައުދީ އަރަބިއްޔާއިން ވަނީ ހައިރާން ކުރުވަނިވި ގޮތަކަށް މުގުރާލާފައެވެ.

އާޖެންޓީނާ އިން އުއްމީދު ކުރަނީ ކެރިއަރުގެ އެންމެ ފަހު ވޯލްޑް ކަޕްގައި ބައިވެރިވާ މެސީއަށް މި ޗެމްޕިއަންޝިޕް ހޯދާއި ދިނުމަށެވެ.

ފްރާންސް ފަދައިން އާޖެންޓީނާއަށް ވެސް ނިމުމުގައި ތަށި ކާމިޔާބުކުރެވިއްޖެނަމަ އެ ޓީމަކީ މަދުވެގެން ތިން ވޯލްޑް ކަޕް ކާމިޔާބުކުރި ހަތަރު ވަނަ ޓީމަށް ވާނެއެވެ.

ކްރޮއޭޝިއާ ގައުމީ ޓީމު

ފްރާންސް 1998 އިން ފެށިގެން މިއަދާ ހަމައަށް ވޯލްޑް ކަޕްގެ ކުރު ތާރީހުގައި ކްރޮއޭޝިއާ އިން ވަނީ ސެމީ ފައިނަލުގެ ދެ މެޗުގައި ކުޅެފައެވެ.

މުބާރާތުގައި ފުރަތަމަ ފަހަރަށް ކުޅުނު މެޗުގައި ތިން ވަނައިގައި ނިންމާލިއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިޔާއިން ވަނީ ފައިނަލަށް ގޮސްފައެވެ.

ކޮރެއާ އާއި ޖަޕާން 2002، ޖަރުމަނު 2006 އަދި ބްރެޒިލް 2014 ގައި ކްރޮއޭޝިއާ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

އަދި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕަށް ކްރޮއޭޝިއާއިން ކޮލިފައިވެސް ވެފައެއް ނުވެއެވެ.

މޮރޮކޯ ގައުމީ ޓީމު

މޮރޮކޯގެ ގައުމީ ޓީމު ސެމީ ފައިނަލަށް ދިޔުމަކީ މި ވޯލްޑް ކަޕްގައި ވި އެންމެ އަޖާއިބުވަނިވި ކަމެވެ.

ހަމަ އެހެންމެ މޮރޮކޯ އަކީ ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ އެންމެ ފުރަތަމަ ޓީމުވެސް މެއެވެ.

މޮރޮކޯ ވެގެން ދިޔައީ ވޯލްޑް ކަޕެއްގެ ސެމީ ސްޓޭޖަށް ދިޔަ ޔޫއެފާ ނުވަތަ ކޮންމެބޯލް އިން ބޭރުގައި ކުޅޭ ހަމައެކަނި ތިން ވަނަ ގައުމަށެވެ (އެމެރިކާ 1930 ވަނަ އަހަރު އަދި ކޮރެއާ 2002 ވަނަ އަހަރު).

ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.