ގައުމީ ޓީމް މެލޭޝިޔާއަށް ފުރުމުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް ޓީމާއި ބައްދަލުކުރަނީ

ކުޅިވަރު

ގައުމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ދަގަނޑޭ އަހަރެއް ފަހުން ގައުމީ ޓީމާއި އެކު ފުރައިފި

ރާނިއާ - ދިވެހި ރާއްޖެ | 12 ޑިސެންބަރު 2022 , ހޯމަ 13:53   207

ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗެއް ސިންގަޕޫރާއި މެލޭޝިޔާއާއި ދެކޮޅަށް ޒުވާން އައު ކުޅުންތެރިންގެ އިތުރުން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ އަހަރެއް ފަހުން ގައުމީ ޓީމާއި ގުޅިވަޑައިގެން މެލޭޝިޔާއަށް ފުރާފައެވެ.

ދަގަނޑޭ އެންމެ ފަހަށް ރާއްޖޭގެ ގައުމީ ޓީމާއި ގުޅިގެން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު ލަންކާގައި ބޭއްވި މަހިންދަ ރަޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައެވެ.

އެކުވެރިކަމުގެ ދެ މެޗު އޮންނާނީ މެލޭޝިޔާއާއި ސިންގަޕޫރާއި ދެކޮޅަށެވެ. މެލޭޝިޔާއާއި ދެކޮޅަށް ކުލޭ މެޗު އޮތީ މިމަހު 14 ވަނަ ދުވަހު ކަމަށް ވާއިރު، ސިންގަޕޫރާއި ދެކޮޅަށް ކުޅޭ މެޗު އޮތީ އޭގެ ތިން ދުވަސް ފަހުން 17 ވަނަ ދުވަހުގައެވެ. މި މެޗުތަށް ކުރިއަށް ދާނީ ސިންގަޕޫރުގެ ޖަލަން ބެސާ ސްޓޭޑިއަމްގައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުވެސް ރާއްޖޭގެ ގައުމީ ޓީމު ވަނީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗު ބްރޫނެއި އާއި ދާރުއްސަލާމާއި ދެކޮޅަށް ކުޅެފައެވެ. ބްރޫނެއި އާއި ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ގައުމީ ޓީމު ވަނީ 0-3 އިން މޮޅުވެފައެވެ. އަދި ހަމަ އެހެންމެ ލާއޯސްއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ގައުމީ ޓީމު ވަނީ 1-3 އިން މޮޅުވެފައެވެ.

ސިންގަޕޫރާއި މެލޭޝިޔާއާއި ދެކޮޅަށް ގައުމީ ޓިމު ކުޅޭ ދެ މެޗުންވެސް ކެޕްޓެން އަކުރަމް އަބްދުލް ޣާނީ ފެނިގެން ނުދާނެއެވެ. ލާއޯސްއާއި ދެކޮޅަށް މީގެ ކުރިން ކުޅެފައިވާ މެޗުގައި އަކުރަމްގެ ކަކުލަށް ވަނީ އަނިޔާއެއްވެ ވަރަށް ފަހުން އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅުމަކީ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އަމާޒެކެވެ. އެފްއޭއެމް އިން މޮރިއެރޯއާއި ހަވާލުކޮށްފައިވާ ޓީމު މުބާރާތްތަކުގެ ކުރިން ޒުވާން ޓީމެއް ބިނާ ކުރުމަކީ އޭނާއާއި ހަވާލުކޮށްފައިވާ ބޮޑު މަޝްރޫއެއް ކަންވެސް ޔަގީނެވެ.

ޓެގްސް: ދިވެހި ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.