ފީފާ ވޯލްޑް ކަޕް 2018 ގެ ތިންވަނަ ޕްލޭއޮފް މެޗު

ކުޅިވަރު

ވޯލްޑް ކަޕްގައި ތިން ވަނަ ހޯދުމުގެ މެޗެއް އޮންނަނީ ކީއްވެ؟

ރާނިއާ - ދުނިޔެ | 15 ޑިސެންބަރު 2022 , ބުރާސްފަތި 09:25   259

ތިން ވަނައިގައި އޮތް ޕްލޭއޮފް މެޗަކީ 1954 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕްގެ ފީޗާއެކެވެ.

މި މެޗަކީ ސެމީ ފައިނަލުގައި ބަލިވި ދެ ޓީމުގެ މެޗަކަށް ވުމުން ދެ ޓީމެއް ބައިވެރިވާން ބޭނުން ނުވާ ހުރިހާ ސިފަތަކެއް މިމެޗުގައި އެކުލެވިގެންވެ އެވެ.ބްރޯންޒް މެޑަލް އެއް ހުށަހަޅާފައި އޮތް ނަމަވެސް އެއީ އެއްވެސް މީހަކު ކުޅެން ބޭނުން ނުވާ މެޗެއް ކަން ޔަގީނެވެ.

މި މެޗާ މެދު ބައެއް ސަޕޯޓަރުންނާއި ކުޅުންތެރިން އިއުތިރާޒު ކުރި ނަމަވެސް، ފީފާއިން ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައުިވެސް ތިންވަނައިގެ ޕްލެޭ އޮފް ބާއްވާނެނެ ކަމަށް އިޝާރާތްކޮށްފަ އެވެ.

ސެމީ ފައިނަލުގައި ބަލިވާ ދެ ޓީމތަކުންކުޅޭ މި މެޗު ކުރިއަށް ގެންދިއުމަށް ފީފާއިން ބާރުއަޅާ އަސާސީ ސަބަބަކީ މާލީ ގޮތުން މިއީ މުހިންމު މެޗަކަށް ވާތީއެވެ.

ސްޕެއިންގެ އައުޓްލެޓް ޑާރިއޯ އޭއެސްގެ ރިޕޯޓްތައް ބުނާ ގޮތުން ބްރޯޑްކާސްޓަރުންނާއި ސްޕޮންސަރުންގެ ފަރާތުން ފީފާއަށް ލިބޭ މާލީ އެހީތެރިކަން ބޮޑު ކަމަށްވާއިރު، ވާދަވެރި ކޮންމެ ގައުމެއްގެ އެފްއޭ އަށް ވެސް ފައިސާ ދެވެއެވެ.

މި މެޗުން މޮޅުވާ ޓީމަށް (ތިން ވަނަ) 27 މިލިއަން ޑޮލަރުގެ އިނާމެއް ލިބޭ ކަމަށް ލަފާކުރެވޭއިރު، ބަލިވާ ޓީމަށް، (ހަތަރު ވަނަ ) 25 މިލިއަން ޑޮލަރުގެ އިނާމެއްވެސް ލިބެއެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ޕްލޭއޮފް ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުޅޭއިރު، ގަތަރުގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން 20:00 ގައެވެ.

ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.