އަޝްރަފް ހަކީމީއާއި ހަކީމް ޒިޔަކްއަކީ މޮރޮކޯ ސެމީ ފައިނަލަށް ދިއުމުގައި މުހިއްމު ދައުރެއް އަދާކުރި ދެކުޅުންތެރިން

ކުޅިވަރު

ތާރީހު އެކުލަވާލާ މޮރޮކޯއަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެތަ؟

ރާނިއާ - މެދުއިރުމަތި | 13 ޑިސެންބަރު 2022 , އަންގާރަ 18:29   138

ތާރީހު އެކުލަވާލަމުން އަންނަ މޮރޮކޯއަށް ފުޓްބޯޅަ ވޯލްޑް ކަޕް ތަށި ލިބެން ދެން ހޯދަން ޖެހޭނީ ދެ މޮޅެވެ.

މިއަހަރުގެ މުބާރާތުގައި އަދި ބަލިނުވެ ޓީމު އަމިއްލަ ގޯލެއް ޖަހާފައިވަނީ އެންމެ ފަހަރަކު ގްރޫޕް ސްޓޭޖުގައި ކެނެޑާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

މޮރޮކޯއަށް ކްރޮއޭޝިއާއާއި ދެކޮޅަށް އެއްވަރުވެފައިވަނިކޮށް ބެލްޖިއަމް، ސްޕެއިން އަދި ޕޯޗުގަލް ފަދަ ބޮޑެތި ޓީމްތަކާއި ދެކޮޅަށް ކުޅެފައިވި މެޗުތަކުން މޮރޮކޯ ވަނީ މޮޅުވެފައެވެ. މޮރޮކޯއާއި ވޯލްޑް ކަޕް ތަށިއާއި ދެމެދުގައި މިހާރު އޮތް ހުރަހަކީ 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް އެވެ. އެޓްލަސް ލަޔަންސް އާއި ފްރާންސް އާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހުގައެވެ.

ފްރާންސް އަތުން މޮޅު ހޯދައިފިނަމަ ކޯޗު ވަލީދު ރެގްރާގީގެ ޓީމު ދެން ވާދަކުރާނީ 2018 ވަނަ އަހަރުގެ ރަނަރަޕް ކްރޮއޭޝިއާ ނުވަތަ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާއާއި ދެކޮޅަށް އާދީއްތަ ދުވަހުއެވެ.

ނޮވެމްބަރު 20 ވަނަ ދުވަހު ގަތަރުގައި މުބާރާތް ފެށިއިރު ވޯލްޑް ކަޕްގެ މި މަރުހަލާގައި މޮރޮކޯ އަދިވެސް ހިމެނޭނެ ކަމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރާނީ މަދު ބައެކެވެ.

އެކަމަކު މިހާރު ރެގްރަގީގެ ޓީމުގެ ތެރެއިންނާއި އެ ޓީމުގެ ސަޕޯޓަރުންގެ ތެރެއިން، ގަތަރާއި މޮރޮކޯ އަދި މުޅި ދުނިޔޭގައި ވެސް އުންމީދީ ވިސްނުން ދަނީ އުފެދެމުންނެވެ.

ކޯޗު ރެގްރާގީ ވަނީ އޭނާގެ ކުޅުންތެރިން އުންމީދު ކުރަން ޖެހޭނީ ހަމައެކަނި އާއްދީތަ ދުވަހުގެ ފައިނަލަށް ދިއުމަށް ނޫން ކަމަށާއި އެ ފައިނަލް ކާމިޔާބު ކުރުމަށް ކަމަށް ބުނެފައެވެ.

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.