އަލް ހިލްމް — އަރަބި ބަހުން ‘ހުވަފެން’ — ބޭނުންކުރާނީ ސެމީ ފައިނަލާއި ތިން ވަނައިގެ ޕްލޭއޮފް އަދި ފައިނަލްގައި

ކުޅިވަރު

ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ޚާއްޞަ ‘ޑްރީމް’ބޯޅަ ތައާރަފްކޮށްފި

ރާނިއާ - މެދުއިރުމަތި | 14 ޑިސެންބަރު 2022 , ބުދަ 09:51   164

ވޯލްޑް ކަޕްގެ ފަހު މަރުހަލާތަކަށް އާ މެޗު ބޯޅައެއް ބޭނުންކުރާނެކަން ކަށަވަރުކޮށްދީފައިވާއިރު، މިއީ މިހާތަނަށް މުޅި މުބާރާތުގައި ބޭނުންކޮށްފައިވާ މޮޑެލްގެ ބަދަލުގައި ބޭނުންކުރެވޭނެ ބޯޅައެކެވެ.

އަލް ރިހްލާގެ ފަހަތުން އަންނަ އެޑިޑާސްގެ އަލް ހިލްމް މޮޑެލް ކުރިއަށް އޮތް ސެމީ ފައިނަލާއި ވޯލްޑް ކަޕް ފައިނަލުގައި ގަތަރުގައި ބޭނުންކުރާނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

އަލް ހިލްމް އަރަބި ބަހުން ތަރުިޖަމާނު ކުރީމަ އޭގެ މާނައަކީ 'ހުވަފެން' ކަމަށް ވާއިރު އަލް ރިހްލާ ޖެ މާނައަކީ 'ދަތުރު' އެވެ.

މިހަފްތާގައި ކުރިއަށް އޮތް ސެމީ ފައިނަލްގައި ފައިނަލަށް ޖާގަ ހޯދުމަށް ކްރޮއޭޝިއާ އާޖެންޓީނާއާއި ދެކޮޅަށް ކުޅޭ އިރު ފްރާންސް ބައްދަލު ކުރާނީ މޮރޮކޯއާއެވެ. މޮރޮކޯ އަކީ މުބާރާތުގެ ތާރީހުގައި އެފްރިކާގެ އެންމެ ފަހު ހަތަރަކަށް ދަތުރުކުރި ފުރަތަމަ ގައުމުވެސް މެއެވެ.

ރެފްރީންގެ ނިންމުންތައް ޓްރެކްކޮށް އެހީތެރިވުމަށް ޓެކްނޮލޮޖީއާއެކު ތައާރަފްކޮށްފައިވާ މިހާރުގެ ބޯޅަ މިހާތަނަށް ގްރޫޕް ސްޓޭޖުތަކާއި ވޯލްޑް ކަޕް މުބާރާތުގެ ފުރަތަމަ ނޮކްއައުޓް ބުރުތަކުގައި ބޭނުންކޮށްފައިވީ މިބޯޅައެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގޯލްޑް ބޭސް ޑިޒައިން އާއި ތިންކޮޅު ފަށަލައެއް އެކުލެވޭ އަލް ހިލްމް އަކީ ހޯސްޓް ގައުމުގެ ވެރިރަށް ދޯހާ ވަށައިގެންވާ ފަޅުތަށް ރަމްޒުކޮށްދޭ ބޯޅައެއް ކަމަށެވެ.

އިންޑޮނޭޝިއާގެ އީސްޓް ޖާވާ ޕްރޮވިންސްގެ ފަރުމަކުން އެއް މިލިއަން ހަނދާނީ އަލް ރިހުލާ މޮޑެލް ފުޓްބޯޅަ ތައްޔާރުކޮށްފައިވާއިރު، ވޯލްޑް ކަޕް ފާހަގަކުރުމުގެ ތެރެއިން ބްރެޒިލް، އިނގިރޭސިވިލާތް، އެމެރިކާ، ޖަރުމަން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް މިބޯޅަތައް ފޮނުވިގެންދާނެއެވެ.

ޓެގްސް: ވޯލްޑްކަޕް ފީފާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.