މެޗު ފެށޭނީ ރާއްޖެގަޑިން، އާދިއްތަ ދުވަހުގެ ރޭ 8.00 ގައި

ކުޅިވަރު

ވޯލްޑްކަޕް، ފައިނަލްގައި ކުޅޭނީ އާޖެންޓީނާ އާއި ފްރާންސް

އަލީ އަޒްޔަން - ދުނިޔެ | 15 ޑިސެންބަރު 2022 , ބުރާސްފަތި 10:41   235

ޤަޠަރުގައި ކުރިއަށްދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ދެކޮށްޅަ ނިކުންނާނީ ފްރާންސްކަން ކަށަވަރުވެއްޖެއެވެ.

އާޖެންޓީނާ ފައިނަލުން ޖާގަ ހޯދީ ކްރޮއޭޝިއާ އާއި ދެކޮޅަށްކުޅެ މޮޅުވެގެންނެވެ. އަދި ފްރާންސުން ޖާގަ ހޯދީ ބުދަ ދުވަހުގެރޭ މޮރޮކޯ އާއި ދެކޮޅަށްކުޅެ 2-0 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.

އާޖެންޓީނާ

އާޖެންޓީނާ އަކީ އެމެރިކާ ސަރަޙައްދުގައި ގަދަ ބާރެކެވެ. މީގެ ކުރިން 5 ފަހަރެއްގެ މަތިން ފައިނަލްގައި ކުޅެ، ދެފަހަރެއްގެމަތިން އެޤައުމުން ވަނީ ވޯލްޑްކަޕް ތަށި ކާމިޔާބުކޮށްފައެވެ. އެއީ 1978 ވަނަ އަހަރާއި 1986 ވަނަ އަހަރުއެވެ. އެންމެ ފަހުން ފަހުން ފައިނަލްގައި ކުޅެފައިވަނީ އަވަށްޓެރި ބްރެޒިލް އާއި ދެކޮޅަށެވެ. އެފަހަރު ކާމިޔާބު ކުރީ ބްރެޒިލްއެވެ.

އާޖެންޓީނާގެ އެންމެ މަޝްހޫރު ތަރި އަކީ، ފްރާންސް ލީގުގައި ޕީއެސްޖީއަށް ކުޅޭ، ޢުމުރުން 35 އަހަރުގެ ލިއަނެލް މެސީއެވެ. މެސީ ވަނީ މި ވޯލްޑްކަޕްގައި 5 ގޯލެއް ޖަަހައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އަދި ޖުމްލަ 11 ގޯލެއް ވޯލްޑްކަޕަށް ކުޅެ ޖަހައިދީފައިވެއެވެ. މިއީ ރެކޯޑެކެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖަހައިގެން ގޯލްޑެން ބޫޓު ހޯދާފައިވެއެވެ.

މެސީ އަކީ ފީފާ ރޭންކިންގައި ދުނިޔޭގެ 3 ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ފްރާންސް

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަކީ، 1930 ވަނަ އަހަރު އުފަންވި ވޯލްޑްކަޕްގެ ފުރަތަމަ މުބާރާތުގައި ކުޅުނު ޔޫރަޕްގެ ހަތަރު ޓީމްގެ ތެރޭގައި ވެސް ހިމެނޭ ޔޫރަޕްގެ ފުޓުބޯޅައިގެ ބޮޑު ބާރެކެވެ. ޚުދު އާޖެންޓީނާގެ ޓީމްގެ ވެސް ގިނަ ކުޅުންތެރިންތަކެއް ކުޅެނީ ފަރަންސޭސީ ލީގުގައެވެ. ފްރާންސަށް އެންމެ ފުރަތަމަ ތަށި ހޯދިފައިވަނި އެޤައުމުގައި 1998 ވަނަ އަހަރު ކުޅުނު މުބާރާތުގައެވެ. އެއީ ބްރެޒިލް އާއި ދެކޮޅަށްކުޅެ 3-0 ގެ ނަތީޖާއަކުންނެވެ. އަދި 2018ގެ މުބާރާތް ކާމިޔާބުކުރީ ސެމީ ފައިނަލްގައި އާޖެންޓީނާ ބަލިކުރި ކްރޮއޭޝިއާގެ ޓީމާއި ދެކޮޅަށް ކުޅެ 4-2 ނަތީޖާއަކުންނެވެ.

ފްރާންސް ޓީމުގައި އެންމެ ވަރުގަދަ ކުޅުންތެރިއަކީ ކިލިއަން އެމްބާޕޭއެވެ. އެނާ ވެސް ވަނީ މެސީ އާއި އެއްވަރަކަށް ގޯލުޖަހާފައެވެ. އެއީ 5 ގޯލެވެ. އެންމެ 23 އަހަރުގެ އެމްބާޕޭ ފުރަތަ ވޯލްޑްކަޕްގައި ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައެވެ. އެފަހަރުވެސް އޭނާ ވަނީ 2 ލަނޑުޖަހާފައެވެ. އޭނާ ވެސް ކުޅެމުން އަންނަނީ ފަރަންސޭސި ލީގުގައި މެސީ އާއިއެކު އެއްޓީމެއްގައެވެ.

އެމްބާޕޭ އަކީ ފީފާ ރޭންކިންގައި ދުނިޔޭގެ 4 ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ.

---

ދެޓީމަށް ވެސް މޮޅުވުމުގެ ފުރުޞަތު ދައްކަނީ ހަމަހަމަކޮށެވެ.

ވޯލްޑްކަޕްގައި މިދެޓީމް 3 ފަހަރެއްގެމަތިން ބައްދަލުކޮށްފައިވާއިރު، ދެފަހަރެއްގެ މަތިން ކާމިޔާބުކުރީ އާޖެންޓީނާއެވެ. އަދި 2018 ވަނަ އަހަރު ފްރާންސުން ވަނީ އާޖެންޓީނާ ޓީމް ދެބުރުން ކަޓުވާލާފައެވެ.

މެޗު ކުޅޭނީ ޤަޠަރުގެ ލުސެއިލް ސްޓޭޑިއަމްގައި ރާއްޖެގަޑިން، އާދިއްތަ ދުވަހުގެ ރޭ 8.00 ގައި

ޓެގްސް: އާޖެންޓީނާ ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.