ރާއްޖެއާއި އެކު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ދެވަނަ ގޯލު ޖެހުމަށްފަހު މެލޭ ޓީމުން މޮހޮދް ފައިސަލް ހަލީމް އުފާފާޅުކުރަނީ

ކުޅިވަރު

ފުޓުބޯޅ، މެލޭޝިޔާ އިން 0-3 އިން ދިވެހިރާއްޖެ ބަލިކޮށްފި

ރާނިއާ - އޭޝިއާ | 15 ޑިސެންބަރު 2022 , ބުރާސްފަތި 13:42   307

ޗެރާސްގެ ކުއަލާ ލަމްޕޫރް ފުޓްބޯޅަ ދަނޑުގައި ރޭގައި ކުޅުނު އިންޓަނޭޝަނަލް ޓިއާ 1 އެކުވެރިކަމުގެ މެޗުގައި މެލޭޝިޔާ ވަނީ އެމީހުންގެ 'ވިނިންގ ސްޓްރީކް' ދަމަހައްޓައި ރާއްޖެ އަތުން 0-3 އިން މޮޅުވެފައެވެ.

މެލޭޝިޔާއިން ވަނީ މެޗު ފެށުނީއްސުރެ ވެސް ދުވެލި ކަނޑައަޅައި 11 ވަނަ މިނެޓުގައި ހުޝިޔާރުކަމާއެކު ޑެރެން ލޮކް ބްރެންޑަން ގޭން ޕާހަކުން ގޯލެއް ކާމިޔާބު ކުރަން ކުރި މަސައްކަތް ރާއްޖޭގެ ގޯލް ކީޕަރު ހުސައިން ޝަރީފް ވަނީ ހުއްޓުވާފައެވެ.

ނަމަވެސް ގެއްލިގެން ދިޔަ މިފުރުސަތުން ހޯމް ޓީމުގެ ރޫހު ދަށްވިޔެނަނުދީ ޑެރަން ވަނި އޭނާއަތުން ކުރިން ގެއްލިގެން ދިޔަ ފުރުސަތުން ފިލާވަޅު ނަގައި 24 ވަނަ މިނެޓުގައި ސަފާވީ ރަޝީދް ދިން ޕާހަކުން ގޯލެއް ކާމިޔާބު ކުރިއެވެ.

ދެވަނަ ހާފު ރަނގަޅަށް ފަށައި، ފައިސަލް ހަލީމް ވަނީ އަނެއްކާވެސް މެޗުގެ 64 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮސް މެލޭޝިޔާ ޓީމުގެ 6،000 އެއްހާ ސަޕޯޓަރުންނަ އުފާ ފާޅުކުރަން ސަބަބެއް ހޯދާއިދީފައެވެ.

ސަފާވީއަށް ނެޗުރަލައިޒްޑް ކުޅުންތެރިޔާ ލީ ޓަކް ތައާރަފްކުރުމުން އަވަސް އަސަރެއް ކޮށް މެޗުގެ 85 ވަނަ މިނެޓުގައި ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑިއަށް ލޮޅުން އަރާފައިވީ ނަމަވެސް އޭގެ ތިން މިނެޓް ފަހުން މުހައްމަދު އަޒާމް އަޒްމީ މުރާދު ދިން ޕާހަކުން އޭނާ ވަނީ މެލޭޝިޔާގެ 3 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

ޓެގްސް: މެލޭޝިއާ ފުޓުބޯޅަ ދިވެހި ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.