މޮރޮކޯ ޓީމުގެ ޔޫސުފް ނަސީރީ ގޯލު ކާމިޔާބު ނުވުމާއެކު ހިތާމަ ފާޅުކުރަނީ

ކުޅިވަރު

މޮރޮކޯގެ ވޯލްޑް ކަޕް ދަތުރު ނިމުމަކަށް

ރާނިއާ - މެދުއިރުމަތި | 18 ޑިސެންބަރު 2022 , އާދީއްތަ 12:48   109

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ވެސް ރޭގައި މޮރޮކޯ ކްރޮއެޝިއާ އަސތުން 1-2 އިން ބަލިވުމަކީ ހިތާމައެއް ކަމަށް ޔަގީނެވެ. ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރި ފުރަތަމަ އަރަބި އަދި އެފްރިކާގެ ފުރަތަމަ ޓީމަށް މޮރޮކޯ ވުމަކީ ކާމިޔާބު ނުވިކަމުގައިވި ނަމަވެސް ތާރީހީ ހާދިސާއެއްކަން ޔަގީނެވެ.

މި ވޯލްޑް ކަޕްގެ ކުރިން ފަހު 16 އަށް ވުރެ ކުރިއަށް ނުދާ މޮރޮކޯއިން ވަނީ ގަތަރުގައި ކުޅުނު ފުރަތަމަ މެޗުގައި 2018 ވަނަ އަހަރުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ.

ބުދަ ދުވަހު ފްރާންސް އަތުން ބަލިވުމުން މޮރޮކޯއިން ވޯލްޑް ކަޕް ތަށި ނަގާނެ ކަމަށޤ ސަޕޯޓަރުންގެ އުންމީދު ފުނޑުފުނޑުވި ނަމަވެސް ގިނަ ބަޔަކު އުންމީދު ކުރަމުން އައީ ކްރޮއޭޝިއާއާއި ދެކޮޅަށް ކުޅޭ މެޗުގައި އެންމެ ކުޑަ މިނުން ތިން ވަނަ ހޯދާނެ ކަމަށެވެ.

މޮރޮކޯގެ ވެރިރަށުގައި ހޮނިހިރު ދުވަހު ބަލިވުމުން ގައުމީ ޓީމުގެ ސަޕޯޓަރުން މާޔޫސްވި ނަމަވެސް އެ ޓީމުގެ ތާރީހީ ކުޅުމަށް ފަހުރުވެރިވާ ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.

ވޯލްޑް ކަޕްގެ މިދަތުރުގައި މޮރޮކޯގެ ޓީމު ވަނީ އެމީހުންގެ ކުޅުމާއި، އެމީހުން ކުރި ހިތްވަރާއި އެކު ގިނަ އަރަބި ސަޕޯޓަރުންގެ ހިތް އަތު ލާފައިކަން ޔަގީނެވެ. އަދި މޮރޮކޯ މެޗުތަކުގައި ކުޅެމުން އައި އިރު ފަލަސްތީނުގެ ދިދަ ބައިނަލްއަޤްވާމީ ދަޑަކުން ފެނި، މޮރޮކޯގެ މައިންނާއި ދަރިން މި ވޯލްޑް ކަޕްގައި ސަޕޯޓު ކުރުމަށް ގޮސް ތިބުމަކީ މޮރޮކޯ މީހުންނަށް ލިބޭ ފަހުރެކެވެ.

ވަށާލެވިފައިވާ ޣައްޒާގެ ސަރަހައްދުގައި ތިބި ސަޕޯޓަރުންނަށް ހިތި ތަސައްލީއެއް ލިބުނީ އުތުރު އެފްރިކާގެ އަރަބި ގައުމު މިހާ ހިސާބަށް ވެސް އައިކަމެވެ.

ޓެގްސް: މޮރޮކޯ ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.