މެސީ ގޯލްޑެންބޯލް އަދި ވޯލްޑްކަޕާއިއެކު

ކުޅިވަރު

މެސީ އާޖެންޓީނާއަށް ވޯލްޑްކަޕް ތަށި އުފުލާދީފި

އަލީ އަޒްޔަން - ދުނިޔެ | 19 ޑިސެންބަރު 2022 , ހޯމަ 08:12   145

އާދީއްތަ ދުވަހުގެރޭ ޤަޠަރުގެ ލުސޭލް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑްކަޕް ފައިނަލް މެޗުގައި ޕެނަލްޓީޖަހައިގެން، ފަރަންސޭސި ޓީމްގެ މައްޗަށް ކުރިހޯދައި ވޯލްޑްކަޕް ތަށި ކާމިޔާބުކޮށްފިއެވެ.

މިތަށި އާޖެންޓީނާއަށް އުފުލާދީފައިވަނީ އެޓީމްގެ ޖޯޒީ ނަމްބަރު 10، ލިއަނެލް މެސީއެވެ.

މެޗުގެ ފުރަތަމަ ގޯލް ވެސް އެޓީމަށް ޖަހައިދިނީ ލިބުނު ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއިން މެސީއެވެ. އޭގެ ފަހުން ވެސް އެހާފުގައި އިތުރު ގޯލެއް ޖަހައި އާޖެންޓީނާއިން ލީޑް ފުޅާކުރިއެވެ.

ނަމަވެސް ދެވަނަ ހާފުގައި ފްރާންސުން ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅުކުރިއެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި އެމްބާޕޭ ޕެނަލްޓީއެއް ޖަހައި ފްރާސަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނެވެ. ހަމަ އޭގެ ދޮޅު މިނެޓް ފަހުން އަނެއްކާވެސް އެމްބާޕޭ ގޯލެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ވަގުތުތު ހަމަވިއިރު ވެސް އެއްވަރުވެ އޮތުމާއިއެކު 15 މިނެޓްގެ ދެހާފްގެ ކުޅުން ކުރިއަށް ދިޔައެވެ. އަދި އޭގެން ވެސް އިތުރު ގޯލެއް ނުފެނުމުން ޕެނަލްޓީ ޝޫޓް އައުޓަކަށް ދާން ޖެހުނެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި 2 ޕެނަލްޓީ ފްރާންސަށް މިސްވިއެވެ. އެހެންކަމުން މެޗު ކާމިޔާބުކުރީ އާޖެންޓީނާއިންވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތިރިންގެ ލިންޓުގެ ކުރީގައި އޮތް ފްރާންސްގެ އެމްބާޕޭ ވަނީ މިމެޗުގައި ހެޓްރިކް ހަދާފައެވެ. ފައިނަލް މެޗުގެ ގޯލުތަކާއިއެކު މެސީއަށް ވުރެ ގޯލުޖެހުމުގައި ކުރިހޯދައި، ގޯލްޑެން ބޫޓު އެވޯޑް ހޯދާފައިވަނީ ވެސް އެމްބާޕޭއެވެ. މިދެ ކުޅުންތެރިން ވެސް ކުޅެމުން އަންނަނީ ފަރަންސޭސި ލީގުގައި ޕީއެސްޖީއަށެވެ.

ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ އާޖެންޓީނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.