އާންޑްރޭ ނަސިމެންޓޯ ސާންޓޯސް އަކީ ބްރެޒިލްގެ ފުޓްބޯޅަ ކުޅުންތެރިއެއް

ކުޅިވަރު

20 މިލިއަން ޕައުންޑަށް ޗެލްސީން އާންޑްރޭ ސާންޓޮސް ގަތުމަށް ނިންމައިފި

ރާނިއާ - ޔޫރަޕް | 25 ޑިސެންބަރު 2022 , އާދީއްތަ 08:28   180

ޖެނުއަރީ ޓްރާންސްފާ ބާޒާރުގާއި ޗެލްސީއިން ވަނީ އާންޑްރޭ ސަންޓޯސް ގަތުމަށް ގަސްތުކޮށްފައެވެ. މިޑްފީލްޑަރު އޭނާގެ އުފަން ރަށުގެ ވަސްކޯ ޑަ ގާމާ އިން ބަދަލުވާން ނިންމާފައިވާއިރު، އޭނާ އާއި އެކު ކްރިސްޓަފަރ އެންކުންކޫ އާއި ޑަޓްރޯ ފޮފާނާ ވެސް ޗެލްސީ ޓީމާއި ގުޅިވަޑައިގަންނާނެއެވެ.

އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ ޓްރާންސްފާ މާކެޓުގައި ވަރަށް ބޮޑަށް މަޝްހޫރު ވެފައިވާ އިރު، ބާސެލޯނާ، މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑުން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅު ކުރިއެވެ. އެކަމަކު، ވެސްޓް ލަންޑަން ޓީމުން ވަނީ ޒުވާން ކުޅުންތެރިޔާ ގަތުމުގެ ރޭސް ކާމިޔާބު ކުރުމަށް ފިޔަވަޅު އަޅާފައެވެ.

މިޑްފީލްޑަރުގެ ޓްރާންސްފާ ފީއަކީ ބޯނަސް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 20 މިލިއަން ޕައުންޑެވެ. އަދި ފަބްރިޒިއޯ ރޮމާނޯ ބުނި ގޮތުގައި ޓްރާންސްފާގެ އެންމެ ފަހު މަރުހަލާގައި ދެ ކްލަބުން ވަރަށް އަވަހަށް ލިޔެކިޔުން ބަދަލުކުރަން ވަނީ ހަމަޖެހިފައެވެ.

އުމުރުން 17 އަހަރުގައި 2021 ވަނަ އަހަރު ސީނިއާ މެޗުގައި ކުޅުނު އާންޑްރޭ ސަންޓޯސް ވަނީ 2022 ވަނަ އަހަރު އެ ޓީމުގެ އެންމެ ޒުވާން ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ބޮކްސް ޓު ބޮކްސް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅެމުން އަންނަ އާންޑްރޭ ވަނީ ސާޖިއޯ ބަސްކެޓްސްއާއި ވެސް އަޅާކިޔާފައެވެ.

އޭނާ އިސްކަންދެނީ ޖޯޖިނިއޯ މިހާރު ކުޅޭ ފަދައިން ޓެމްޕޯ ޓިކް ޕާސް ކުޅޭ ކުޅުންތެރިއަކަށް ވުމަށެވެ. ނަމަވެސް އޭނާގެ ދިގު ފަޔާއި އިސްކޮޅަކީ ޓްރާންސިޝަންގައި ކުޅެން މޮޅު ކުޅުންތެރިއަކަށް އޭނާ ހަދައިދޭ ކަމެކެވެ. އެހެންކަމުން ކާނީ ޗުކުއެމެކާ، ސެސާރޭ ކަސާޑޭ އަދި އާސަން ޒަޚްރިއަން ފަދަ ކުޅުންތެރިންނާއި ގުޅިގެން ވަރަށް އަވަހަށް ޗެލްސީ ޓީމަށް އާންޑްރޭ ކުޅެން ފަށާނެއެވެ.

ޓެގްސް: ޗެލްސީ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.